twitterviber whatsapp telegramfacebookyoutube instagram
19th April 2026

ނޭކުރަންދޫ ކުޅިއަކީ އަޖައިބެއް ފަދަ ރީތި ގުދުރަތީ ހަދިޔާއެއް: މިނިސްޓަރ

Feb 9, 2019

ރާއްޖޭގެ އެންމެ ބޮޑު ކުޅި، ނޭކުރަންދޫ ކަނޑޫފާ ފެނިވަޑައިގެން އެންވަރަޔަމަންޓް މިނިސްޓަރު ޑރ ހުސެއިން ރަޝީދު ހަސަން ހައިރާންވެވަޑައިގަންނަވައިފި އެވެ.

ހދ ގެ ބައެއް ރަށްތައް ކުރައްވި ދަތުރުފުޅެއްގެ މިނިސްޓަރު ހުސެއިން ރަޝީދު ނޭކުރަންދޫއަށް ވަޑައިގެންފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެރަށުގެ ކުޅިއަށް އެރިވަޑައިގަންނަވާ ފޮޓޯތަކެއް މީސްމީޑިއާގައި ދޫކޮށްލައްވަމުން މިނިސްޓަރު ހުސެއިން ލިޔުއްވާފައިވަނީ ނޭކުރަންދޫ ކުޅިއަކީ އަޖައިބެއް ފަދަ ގުދުރަތީ ރީތި ހަދިޔާއެއް ކަމަށެވެ.

އަދި އެ ކުޅިއަށް އެރިވަޑައިގަތުމުގެ ފުރުސަތު ލިބިވަޑައިގަތުމަކީ މުޅިން އާ އުފާވެރި ތަޖުރިބާއެއް ކަމަށެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވެފައިވަނީ މި ޖަޒީރާ ރާއްޖެއަކީ މިފަދަ ނަލަ ގުދުރަތީ އެތަކެއް ހަދިޔާއރއް ގުދުރަތުން ދެއްވާފައިވާ ގައުމެއް ކަމަށެވެ.

މީސްމީޑިއާއަށް މިނިސްޓަރު ދޫކޮށްލައިވާފައިވާ ފޮޓޯތަކުން ފެންނަގޮތުގައި މިނިސްޓަރުގެ އަރިހުގައި ކުޅީގައި މިނިސްޓްރީގެ އިސްބައެއް އޮފިޝަލުންވެސް ވަނީ ބައިވެރިވެވަޑައިގަންނަވާފަ އެވެ.

މިނިސްޓްރީގެ ބައެއް އިސް ބޭފުޅުން ނޭކުރަންދޫ ކުޅިއަށް އެރިވަޑައިގަތް–

ނޭކުރަންދޫ ކުޅި ސަރުކާރުން ވަނީ ހިމާޔާތްކޮށްފައި އެވެ. ރައީސް އިބުރާހިމް މުހައްމަދު ސޯލިހް ވިދާޅުވެފައިވަނީ ނޭކުރަންދޫ ކުޅި ހިމާޔާތްކޮށް އެތަނުން މަންފާ ލިބޭނެ ގޮތް ހައްދަވާދެއްވާނެ ކަމަށެވެ.

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355