twitterviber whatsapp telegramfacebookyoutube instagram
20th April 2024

ކުމުންދޫ ކައުންސިލުން ރައީސުލްޖުމްހޫރިއްޔާއާ ބައްދަލު ކުރައްވައިފި

Feb 10, 2019

ހދ ކުމުންދޫ ކައުންސިލުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި މިއަދު ބައްދަލުކުރައްވައިފި އެވެ.

މި ބައްދަލުވުމުގައި ކުމުންދޫ ކައުންސިލުން ވަނީ އެރަށައް ދިމާވެފައިވާ ދަތިތައް ރައީސާއި ހިއްސާކޮށް އެކަން ކަމަށް ހައްލު ހޯދުމަށްޓަކައި މަޝްވަރާ ކުރައްވާފަ އެވެ.

އެގޮތުން އެ ރަށަށް ދިމާވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް އެރަށަށް އިތުރު ޖަނަރޭޓަރެއް ފޯރުކޮށްދިނުމަށާއި، ނެރުބައްތިއެއް ހޯދައިދިނުމަށް އެދިވަޑައިގެންފައި ވެއެވެ. އަދި އެރަށުގެ ކައުންސިލް އިދާރާއަށް ބޭނުންނާ ވަސީލަތްތައް މަދުވުމުގެ ސަބަބުން ދިމާވާ ދަތިތައް ހިއްސާކޮށް ކުމުންދޫ ސްކޫލަށް ދިމާވެފައިވާ ޖާގައިގެން ދަތިކަންވެސް ވަނީ ހިއްސާކުރައްވާފަ އެވެ.

މީގެ އިތުރުން ރަށުގައި ފެނާ ނަރުދަމާގެ ހިދުމަތް ނެތުމުން ދިމާވާ ގޮންޖެހުންތަކާއި، ވޭސްޓް މެނޭޖްމަންޓް ސެންޓަރެއް ގާއިމުވެފައި ނެތުމުގެ ސަބަބުން ކުރިމަތިވާ އުދަގޫތަކުގެ އިތުރުން ބަނދަރުގައި ދިމާވާ މައްސަލަތައް ބަޔާންކޮށް އެ ބަނދަރުގެ ސާވޭއެއް ހެދުމަށްފަހު އެކަންކަމަށް ހައްލެއް ހޯއްދަވައިދެއްވުމަށް އެދިވަޑައިގެންފައެވެ.

މީގެ އިތުރުން ހެލްތް ސެންޓަރުގައި ލެބޯޓަރީ އެއް ނެތުމުން ދިމާވާ ދަތިތަކާއި ސިއްހީ މަރުކަޒުން މިހާރު ހިދުމަތް ދޭ ވަގުތު 16 ގަޑިއިރަށް އިތުރުކޮށްދެއްވުމަށް ވެސް ކައުންސިލުން ވަނީ އެދިވަޑައިގެންފައެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ކުމުންދޫ ކައުންސިލުން އެދިވަޑައިގެންފައިވާ ކަންކަމުގައި ކަމާގުޅޭ މިނިސްޓްރީތަކާއެކު މަޝްވަރާކުރެއްވުމަށްފަހު އެކަންކަމަށް ހައްލެއް ހޯއްދަވައިދެއްވާނެކަށް ރައީސް ވިދާޅުވެފައި ވެއެވެ. އަދި މިއަހަރު ބަޖެޓުގައި ހިމެނިފައިވާ ކަންކަން ވެސް އަވަހަށް ފެށިގެންދާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355