twitterviber whatsapp telegramfacebookyoutube instagram
16th August 2026

17 ރަށެއްގެ ފެނާއި ނަރުދަމާ އާއި 8 ރަށެއްގެ މަގު ހަދަނީ

Feb 12, 2019

17 ރަށެއްގެ ފެނާއި ނަރުދަމާ ނިޒާމު ހެދުމަށާއި 8 ރަށެއްގެ މަގު ހަދާނެ ބަޔަކު ފިނޭންސް މިނިސްޓްރީން  ހޯދަން އިއުލާނުކޮށްފި އެވެ.

ފެނާއި ނަރުދަމާ ގާއިމުކުރަން ނިންމާފައިވަނީ ހއ. އުލިގަމާއި، ހދ. ނޮޅިވަރަމާއި ކުރިނބި އާއި ށ. މަރޮއްޓާއި ކޮމަންޑޫ އާއި ކަނޑިތީމާއި ފޯކައިދޫ އާއި ނ.ކެނދިކުޅުދޫ އާއި ރ.އަލިފުއްޓާއި ރ އަނގޮޅިތީމާއިވާދޫ އާއި ރަސްގެތީމު އަދި ތ.ވަންދޫ އާއި ކަނޑޫދޫ ހިމެނެ އެވެ. ދެން ހިމެނެނީ ބ.ހިތާދޫ އާއި ތ.ކިނބިދޫ އާއި ގއ.ކަނޑުހުޅުދޫ އެވެ.

މަގު ހެދުމުގެ މަސައްކަތް ފަށަން އިއުލާންކޮށްފައިވަނީ ހދ.ހަނިމާދޫ އާއި ރ.އުނގޫފާރާއި ރ.ދުވާފަރާއި ބ.އޭދަފުއްޓާއި ތ.މަޑިފުއްޓާއި ލ.ފޮނަދޫގެ އިތުރުން ފުވައްމުލަކު ސިޓީ އާއި އައްޑޫ ސިޓީ ހުޅުމީދޫގަ އެވެ.

ފެނާއި ނަރުދަމާގެ 120 މަޝްރޫއަކަށް 1.3 ބިލިއަން ރުފިޔާ ހަރަދު ކުރުމަށް ބަޖެޓުގައި ކަނޑައަޅާފައިވެ އެވެ. އަދި ބިން ހިއްކުމާއި މަގުތައް ހެދުމަށް 51 މަޝްރޫއަށް 5.59 މިލިއަން ރުފިޔާ ހަރަދު ކުރުމަށް ހަމަޖެހިފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355