twitterviber whatsapp telegramfacebookyoutube instagram
3rd June 2025

ސްޓާރސް އެކަޑަމީގެ ލަންކާ ދަތުރުގައި ބައިވެރިވުމުގެ ފުރުސަތު ކުޅުދުއްފުށީގެ ދެ ކުއްޖަކަށް ދީފި

Feb 12, 2019

ސްޓާރސް އެކަޑަމީގެ ފަރާތުން ބާސްކެޓްގެ އިތުރު ތަމްރީންތަކަށް ސްރީލަންކާއަށް ކުރާ ދަތުރުގައި ބައިވެރިވާނެ ދެ ކުދިން ކުޅުދުއްފުށިން ހޮވައިފި އެވެ. ސްޓާރސް އެކަޑަމީއަކީ ބާސްކެޓް ބޯލް ކުޅުންތެރިން އުފެއްދުމުގައި މާލެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ އެކަޑަމީ އެވެ.

ސްޓާރސް އެކަޑަމީގެ ފަރާތުން ލަންކާއަށް ކުރާ ތަމްރީން ދަތުރުގައި ބައިވެރިވުމަށް ކުޅުދުއްފުށީގެ ދެ ކުދިންނަށް ފުރުސަތު ދީފައިމިވަނީ އެ އެކަޑަމީ އާއި ޑަބުލިއު ސްޕޯޓްސް އެކަޑަމީ ގުޅިގެން ކުޅުދުއްފުށީގައި ކުރިއަށްގެންދިޔަ ބާސްކެޓް ބޯލް ހަރަކާތްތަކުގެ ތެރެއިންނެވެ.

އެ ދެ ކުދިންނަކީ މިޝަން/ މަރިޔަމް އަޒްކާ އާއި ލައިނޫފަރުމާގެ/ ޝާމިޙް މުހައްމަދު އާދަމެވެ. މި ދެ ކުދިންނަކީ އެ ދުވަހު ބާސްކެޓް ޕްރޮގުރާމްގައި އެންމެ ރަނގަޅު ޕަފޯމަންސް ދެއްކި ކުދިންނެވެ.

ލަންކާގެ މި ތަމްރީން ޕްރޮގުރާމްގައި މި ދެ ކުދިންގެ ހުރިހާ ހަރަދެއް ކުރާގޮތަށް ހަމަޖެހިފައިވަނީ ސްޓާރސް އަދި ޑަބުލިއު ސްޕޯޓްސް އެކަޑަމީ އެވެ. ސްޓާރސް އެކަޑަމީން އަންނަނީ ކޮންމެ އަހަރަކުވެސް ބާސްކެޓް ބޯލް ކުޅޭ ކުދިންނަށް އިތުރު ތަމްރީންތައް ދިނުމަށް އެކި ގައުމުތަކުގައި ޓްރިޕްތައް ބާއްވަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355