twitterviber whatsapp telegramfacebookyoutube instagram
8th June 2025

އެސްޓީއޯއިން ޑީސަލްގެ އަގު ބޮޑުކޮށްފި

Feb 14, 2019

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވުމާއި ގުޅިގެން އެސްޓީއޯއިން ވިއްކަމުންއައި ޑީސަލްގެ އަގު ބޮޑުކޮށްފި އެވެ.

އެސްޓީއޯއިން ޑީސަލްގެ އަގު ބޮޑުކުރުމާއި ގުޅިގެން މިއަދުން ފެށިގެން ޑީސަލް ލީޓަރެއް ލިބެން ހުންނާނީ 10.89ރ އަށެވެ.

އެއީ ކުރިން ޑީސަލް ވިއްކަމުން އައި އަގަށްވުރެ 90 ލާރި ބޮޑު އަދަދެކެވެ.

މިދިޔަ ޖެނުއަރީ މަހު އެސްޓީއޯއިން ވަނީ ދުނިޔޭގެ ބާޒާރުން ތެލަށްއައި ބަދަލާ ގުޅިގެން ޑީސަލްގެ އަގު 11.99 އިން 9.99 ރުފިޔާއަށް ކުޑަކޮށްފަ އެވެ. އެފަހަރު ޑީސަލް ލީޓަރަކުން 2 ރުފިޔާ ވަނީ ކުޑަވެފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355