ގެއްލިފައިވާ ކުޅުދުއްފުށީ ރައްޔިތުންގެ އުންމީދުތައް އަލުން ހޯދައިދޭނެކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓް ޔާސިރު އަބުދުލް ލަތީފް ވިދާޅުވެއްޖެ އެވެ.
ގިނަ ބަޔެއްގެ މަގޫބޫލުކަން ހޯދަމުން އަންނަ އުންމީދީ ކެންޑިޑޭޓް ޔާސިރު އަބުދުލް ލަތީފް މިހެން ވިދާޅުވީ މިރޭ އޭނާ ކުރެއްވި ޓްވީޓެއްގަ އެވެ.
” ގެއްލިފައިވާ ކުޅުދުއްފުށީ ރައްޔިތުންގެ އުންމީދުތައް އަލުން ހޯދާ ދޭނީ މަޖިލިސް 19 އިން އަޅުގަނޑު.” ކަސްޓަމްސް ސްޕްރިންޓެންޑެންޓް މަގާމުގައި ހުރުމަށްފަހު ސިޔާސީ ދާއިރާއަށް ނިކުތް ޔާސިރު ލިޔުއްވާފައިވެ އެވެ.
އޭނާ ވިދާޅުވީ ރައްޔިތުން އުންމީދު ކުރައްވާ ބަދަލު މަޖިލިސް ތެރެއިންނާއި ސަރުކާރުގެ ތެރެއިން ގެނެސްދޭނެކަމުގެ ފުރިހަމަ ޔަގީންކަން އަރުވާ ކަމަށެވެ.
Gehlifaiva kulhudhuffushi rahyithun ge unmeedhu alun hoadha dheyney Majlis19 in alhugandu. Thi lobuvethi rahyithun Thi thi unmeedhu kurahva badhalu Majlis therein naai sarukaaruge therein genesdheyne kamuge furihama yageen kan aruvan. #Majlis19 #Thilafatha_Majilis2019 #agenda19 pic.twitter.com/chbVhK6kT4
— Yasir Abdullatheef (@YAbdullatheef) March 7, 2019
ޔާސިރު މި ޓްވީޓްގެ ގިނަ ބައެއްގެ އުންމީދުތައް ވަނީ އާވެގެން ގޮސްފަ އެވެ. ގިނަ ބަޔަކު މީސް މީޑިޔާގައި އަންނަ ޔާސިރުއާއެކު ތިބިކަން ހާމަކޮށް ޝުއޫރުވެސް ފާޅުކުރަމުންނެވެ.