twitterviber whatsapp telegramfacebookyoutube instagram
26th April 2024

އަސާސީ ހިދުމަތްތަކުގެ އަގުތައް ރަށުގައި ބޮޑު، މާލެއާ އެއްއަގަކަށް ބަދަލުކުރުމަށް މަސައްކަތްކުރާނަން: އަދުރޭ

Mar 12, 2019
1

ކުންފުނިތަކުން ފޯރުކޮށްދޭ އަސާސީ ހިދުމަތްތަކުގައި މާލެ އާއި ކުޅުދުއްފުށީގައި އަގު ނަގައި އަދަދު ވަރަށް ބޮޑަށް ތަފާތު ކަމަށާއި އެކަން މަޖިލިސް މެމްބަރަކަށް ވެއްޖެނަމަ އެކަން ހައްލުކުރުމަށް މަސައްކަތް ކުރައްވާނެކަމަށް ކުޅުދުއްފުށީ ދެކުނު ދާއިރާގެ ޕީޕީއެމް ކެންޑިޑޭޓް އަބުދުއްރަހުމާނު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

މަޖިލިސް ބަހުސްގައި ވާހަކަދައްކަވަމުން އަދުރޭ ވިދާޅުވީ އެމްޑަބުލިއުއެސްސީ މާލެ އާއި ކުޅުދުއްފުށީގައި ފޯރުކޮށްދޭ ހިދުމަތްތަކުގައި އަގު ނެގުމުގައި ބޮޑެތި ތަފާތުކުރުންތަކެއް އެބަހުރި ކަމަށެވެ. އެގޮތުން މާލޭގައި 15 ޓަނު ފެން 22ރ ގެ ރޭޓުން ލިބޭއިރު ކުޅުދުއްފުށީގައި 22ރ ގެ ރޭޓުން ލިބެނީ ތިން ޓަނު ފެން ކަމަށެވެ.

އަދި މާލޭގައި ފެންހޮޅިއެއް ގެޔަކަށް ވައްދައިދެނީ 1500ރ އަށް ކަމަށާއި އެކަމަކު ކުޅުދުއްފުށީގައި އެ ހިދުމަތް ފޯރުކޮށްދެނީ 3800ރ އަށް ކަމަށާއި މިއީ އެއްގޮތަކަށްވެސް ގަބޫލުކުރޭވެ ކަމެއް ނޫން ކަމަށް އަދުރޭ ވިދާޅުވި އެވެ.

އަދުރޭ އިތުރަށް ވިދާޅުވީ މާލޭގެ ވިޔަފާރިތަކަށް ފަސް ރުފިޔާގެ ރޭޓް ކަރަންޓް ފޯރުކޮށްދޭއިރު ކުޅުދުއްފުށީގެ ވިޔަފާރިތަކަށް ކަރަންޓް ދޫކުރަނީ 7ރ އަށް ކަމަށެވެ. މިއީ ގަބޫލުކުރޭވޭނެ ކަންކަމެއް ނޫން ކަމަށާއި މިކަންތައްތައް ހައްލުކުރުމަށް މަޖިލިސް ތެރެއިންނާއި އެ ކުންފުނިތަކަށް ގޮސް ހައްލުކޮށްދިނުމަށް މަސައްކަތްކުރާނެކަމަށް އޭނާ ވިދާޅުވި އެވެ.

އަދުރޭ ވިދާޅުވީ ކުޅުދުއްފުށީ ރައްޔިތުންނަށް ހައްގުވާ މިންވަރު ހޯދައިދިނުމަށްޓަކާ ސަރުކާރާ ގުޅިގެން މަސައްކަތްކުރައްވާނެ ކަމަށާއި އެގޮތުން ތައުލީމީ ހާލަތާއި ސިއްހީ ހާލަތު އަދި އިޖުތިމާއީ ހާލަތު ރަނގަޅު ކުރުމަށް މަސައްކަތްކުރާނެކަމަށެވެ. އަދި ޒުވާނުންނަށް ގެދޮރު އިމާރާތްކުރެވޭނެ ލުއިގޮތެއް ބޭންކުތަކުގެ ތެރެއިން ހޯދައިދޭން މަސައްކަތްކުރައްވާނެކަމަށެވެ.

“އަޅުގަނޑުމެން ނޫންތޯ އޭ މާވާގެ ހުސެއިން އާދަމް އުމުރުން 16 އަހަރުގައި ފޮނުވާލީ ބަނޑޭރިގެއަށް، މިއަދު އެ ދަރިއަކަށްޓަކާ މި ފަޙްރުވެރިވަނީވެސް އަޅުގަނޑުމެން ނޫން ތޯ އޭ. އެހެންވުމުން ކުޅުދުއްފުށީ ދަރިޔަކު މަޖިލީހުގެ ގޮނޑިއަށް ފޮނުވުމުން ފަޙްރުވެރިވާނީވެސް ހަމަ އަޅުގަނޑުމެން ނޫން ތޯ”. އަދުރޭ ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355