twitterviber whatsapp telegramfacebookyoutube instagram
29th March 2024

އަޅުގަނޑަކީ މަކުނުދޫ ދާއިރާގެ ޒުވާނުންގެ އުންމީދު: ރާއީ

Mar 12, 2019

މަކުނުދޫ ދާއިރާއަކީ ވޭތުވެދިޔަ އަހަރުތަކުގައި ވަރަށް ނިކަމެތިކޮށް އޮތް ދާއިރާއެއް ކަމަށާއި އެޖެންޑާ 19 ގެ ތެރެއިން އެދާއިރާއަށް ތަރައްގީ ގެންނާނެކަމަށް މަކުނުދޫ ދާއިރާގެ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާއީ ވިދާޅުވެއްޖެ އެވެ.

ރާއީ މިހެން ވިދާޅުވީ ޕަބުލިކް ސާރވިސް މީޑިއާ (ޕީއެސްއެމުން) ގެނެސްދޭ މަޖިލިސް ބަހުސްގައި މިއަދު ވާހަކަދައްކަވަމުންނެވެ.

ރާއީ ވިދާޅުވީ ދާއިރާގެ ޒުވާނުންގެ އުންމީދަކީ އެބޭފުޅާ ކަމަށާއި ދާއިރާގެ ތަރައްގީ އާއި ޒުވާނުންގެ ކުރިއެރުން ގެންނާނީ އެޖެންޑާ 19 މަޖިލީހުން ތަންފީޒުކޮށްގެން ކަމަށެވެ. އޭނާއަކީ ސަރުކާރުގެ ތެރެއިން އައިސްފައިހުރި ކެންޑިޑޭޓެއްކަމަށްވާއިރު ދާއިރާއަށް ބޭނުންވާ ކަންތައްތައް ކުރެވޭނީ އޭނާއަށް ކަމަށެވެ.

ރަށުގެ ދާއިރާގެ ތަރައްގީއަށް ކަންތައްތައް ކުރެވޭނީ ސަރުކާރު ކެންޑިޑޭޓަކަމަށް އޭނާ ވިދާޅުވި އެވެ.

އެޖެންޑާ 19 ގައި ހުރި ކަންތައްތައް ތަންފީޒުކޮށް ދާއިރާ ތަރައްގީކުރާނެކަން ސަރުކާރުން ރައްޔިތުންނަށް ދައްކާނެކަމަށް ރާއީ ވިދާޅުވި އެވެ. ދާއިރާގައި ގިނަ މައްސަކަތެއް ހުރި ކަމަށާއި އެކަންކަން ހައްލުކުރެވޭނީ އެ ދާއިރާތަކަށް ތަރައްގީ ގެނެވިގެން ކަމަށެވެ.

ރައްޔިތުންގެ ފުއްދުންތެރިކަން އިތުރުކޮށް މައްސަލަތައް ހައްލު ހޯދައިދޭނެކަމަށް ވިދާޅުވަމުން ރާއީ ވިދާޅުވީ އެޖެންޑާ 19 އަކީ ހުރިހާ ކުލައެއްގެ މީހުން ތަރައްގީ އާއި ފުއްދުންތެރިކަން ގެނެސްދޭނެ އެޖެންޑާއެއް ކަމަށެވެ. ކުމުންދޫއަށް ނިސްބަތްވާ ރާއީ ވިދާޅުވީ ކައުންސިލްތަކަށް މާލީ ބާރުވެރިކަން ފޯރުކޮށްދީ ރަށުވަންތަކަން ގެނުވާނެ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355