twitterviber whatsapp telegramfacebookyoutube instagram
11th May 2024

“އެންމެ އަލިގަދަ ތަރި” މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފި

Mar 13, 2019

ކޮންމެ އަހަރެއްގެ ރަމަޟާންމަހު ޓީވީއެމްއިން ގެނެސްދޭ “އެންމެ އަލިގަދަ ތަރި” ޤުރުއާން މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފި އެވެ.

މިއަހަރުގެ ރަމަޟާންމަހުވެސް މި މުބާރާތް ކުރިއަށް ގެންދިއުމަށް ނިންމާ، އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ ކޮންމެ މީހަކަށްވެސް މުބާރާތުގައި ބައިވެރިވުމަސް ވަނީ ފުރުސަތު ހުޅުވާލާފަ އެވެ.

18 އަހަރުން މަތީގެ މީހުންނަށް އަމާޒުކޮށް ކުރިއަށްގެންދަންފެށި މި މުބާރާތް މިދިޔަ އަހަރުވަނީ ކުޑަކުދިންނަށް ހާއްސަކޮށްގެން “ދިވެހިރާއްޖޭގެ އެންމެ އަލިގަދަ ތަރި ޖޫނިއަރ” ގެ ނަމުގައި ކުރިއަށްގެންގޮސްފައެވެ.

މިއަހަރުގެ މުބާރާތުގެ އޮޑިޝަންތައް ރާއްޖޭގެ 4 ސަރަހައްދެއްގައި ބޭއްވުމަށް ޕީއެސްއެމުން ވަނީ ނިންމާފައެވެ. އެއީ ހއ. އިހަވަންދޫ، ރ. ދުވާފަރު، ގދ. ތިނަދޫ އަދި މާލެ ސިޓީއެވެ.

ބައިވެރިވުމުގެ ފުރުސަތު މިމަހު 15 އާއި ހަމައަށް ހުޅުވާލާފައިވާއިރު މުބާރާތުގައި ބައިވެރިވުމަށް އީޓީ ޖެއްސެވުމަށްފަހު، ނަމާއި، އުމުރާއި، އޮޑިޝަންގައި ބައިވެރިވާ ސަރަޙައްދު ޖެއްސެވުމަށްފަހު 300 އަށް އެސްއެމްއެސް ކުރެވޭނެ އެވެ.

2013 ވަނަ އަހަރު ގެނެސްދޭން ފެށި މި މުބާރާތަށް ކޮންމެ އަހަރަކުވެސް އާއްމުންގެ ބޮޑު ތަރުހީބެއް ލިބެއެވެ. 18 އަހަރުން މަތީގެ މީހުންނަށް އަމާޒުކޮށް ކުރިއަށްގެންދަންފެށި މި މުބާރާތް މިދިޔަ އަހަރުވަނީ ކުޑަކުދިންނަށް ހާއްސަކޮށްގެން “ދިވެހިރާއްޖޭގެ އެންމެ އަލިގަދަ ތަރި ޖޫނިއަރ” ގެ ނަމުގައި ކުރިއަށްގެންގޮސްފައެވެ..

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355