twitterviber whatsapp telegramfacebookyoutube instagram
8th December 2025

މާފިނޮޅުގެ ބަދަލުގައި ހޯރަފުށީގައި އެއާޕޯޓް އެޅުމަށް ނިންމައިފި

Mar 14, 2019

މާފިނޮޅުގައި އަޅަން ނިންމި އެއާޕޯޓްގެ މަސައްކަތް ކުރިއަށް ނުގެންގޮސް އެއާޕޯޓް ހޯރަފުށީގައި އެޅުމަށް ނިންމައިފި އެވެ.

މާ ފިނޮޅާ އެއްފަޅެއްގައި އޮންނަ ހޯރަފުއްޓަށް އެއާޕޯޓް ބަދަލު ކުރަން ނިންމާފައިވާއިރު އެމްޓީސީސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކުންފުނީގެ ސީއީއޯ ހަސަން ޝާހު ވިދާޅުވީ ސަރުކާރުން ވަނީ ރީތިކޮށް އޮންނަ ފަޅު ރަށްރަށުގައި އެއާޕޯޓު އެޅުން ފަދަ މަޝްރޫއުތައް ނުހިންގުމަށް ނިންމާފައި ކަމަށެވެ.

އެމްޓީސީސީއާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއުއާއި ބެހޭގޮތުން އެމްޓީސީސީން ބުނެފައިވަނީ މާފިނޮޅު އެއާޕޯޓު މަޝްރޫއު ހިންގަން އެތަނުގެ ބިން ހިއްކުމުގެ މަސައްކަތް 2018 ޖުލައި ގައި ފެށި ނަމަވެސް އެ ރަށުގައި އެއްވެސް ވަރަކަށް ބިން ހިއްކާފައި ނުވާ ކަމަށެވެ.

އެގޮތުން މިހާރު ނިންމާފައިވަނީ ހޯރަފުށިން ބިން ހިއްކައިގެން އެއާޕޯޓު އެޅުމަށެވެ.

އެމްޓީސީސީއިން މިހާރުވެސް ތިން އެއާޕޯޓޭއްގެ މަސައްކަތް ކުރަމުން އެބަދެއެވެ. އެއީ ކުޅުދުއްފުށީ އެއާޕޯޓާއި ފުނަދޫ އަދި މާވާރުލު އެއާޕޯޓުގެ މަސައްކަތެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355