twitterviber whatsapp telegramfacebookyoutube instagram
8th December 2025

ކުޅުދުއްފުށީ އެއާޕޯޓްގެ މަސައްކަތް ހުއްޓިފައިވާތީ އިހްތިޖާޖުކޮށްފި

Mar 16, 2019

ކުޅުދުއްފުށީ އެއާޕޯޓްގެ މަސައްކަތް ހުއްޓިފައިވާތީ އެކަމާ ކަންބޮޑުވުންފާޅުކޮށް ބަޔަކު އިހްތިޖާޖުކޮށްފި އެވެ.

ކުޅުދުއްފުށީ އެއާޕޯޓް ސަރަހައްދުގައި މިއަދު ހަވީރު ކުރިއަށްގެންދިޔަ މި އަޑުއުފުލުމުގައި ބައިވެރިވި ފަރާތްތަކުން ގޮވާލާފައިވަނީ އެއާޕޯޓްގެ މަސައްކަތް ހުއްޓިފައިވާތީ ކަންބޮޑުވުންފާޅުކޮށްފަ އެވެ. އަދި އެއާޕޯޓްގެ މަސައްކަތް އަލުން ފަށައި ވީހާވެސް އަވަހަށް ހިދުމަތަށް ގެނައުމަށް އެމީހުން ގޮވާލައިފައިވެ އެވެ.

ސަރުކާރުން އެމީހުންގެ އަޑުއަހައި އެކަމަށް އަވަސް ހައްލެއް ގެނައުމަށްވެސް ބައިވެރިން ވަނީ ގޮވާލައިފައިވެ އެވެ. އަދި ކުރިއަށް އޮތް މަޖިލިސް އިންތިހާބުގެ ކެމްޕެއިންނަށް ސަރުކާރުގެ ވަފުދުތައް ކުޅުދުއްފުއްޓަށް އަންނަ ޖެހޭނީ އެއާޕޯޓްގެ މަސައްކަތް ފަށާނެ ތާރީޙެއް އިއުލާންކުރުމަށްފަހު ކަމަށްވެސް އެމީހުން ވަނީ ގޮވާލައިފަ އެވެ.

ކުޅުދުއްފުށީ އެއާޕޯޓްގެ މަސައްކަތް ހުއްޓިފައި އޮތުމުން އެކަމާ ކަންބޮޑުވުންފާޅުކޮށް އަޑުއުފުލަނީ–

އެއާޕޯޓް މަޝްރޫއުގެ މަސައްކަތް އަލުން ފެށުމަށް ގޮވާލައި ކުރިއަށްދިޔަ މި އެއްވުމުން ނިންމާލާފައިވަނީ ކުރިއަށް އޮތްތަނުގެވެސް އެފަދަ ހަރަކާތްތައް ބާއްވާނެކަމަށް އިއުލާނުކުރުމަށްފަހުގަ އެވެ.

ކުޅުދުއްފުށީ އެއާޕޯޓް ހެދުމުގެ މަސައްކަތް މި ސަރުކާރު އައުމާއެކު ވަނީ މަޑުޖެހިފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355