twitterviber whatsapp telegramfacebookyoutube instagram
15th December 2025

ކައުންސިލް އިދާރާގެ ވެބްސައިޓް އިފްތިތާހްކޮށްފި

Mar 25, 2019

ދުވަސްތަކެއްގެ މެދުކެނޑުމަކަށްފަހު އަނެއްކާވެސް ކުޅުދުއްފުށީ ކައުންސިލް އިދާރާގެ ވެބްސައިޓް އިފްތިތާހްކޮށްފި އެވެ.

އެކަމަށްޓަކާ މިއަދު ހެނދުނު އެކައުންސިލްގެ ބޭއްވި ހަފުލާއެއްގައި ވެބްސައިޓް އިފްތިތާހުކޮށްދެއްވީ ކައުންސިލްގެ ރައީސް އަބުދުލް ލަތީފް ހަސަން އެވެ.

ވެޓްސައިޓް އިފްތިތާހްކޮށްދެއްވުމަށް ވާހަކަދައްކަވަމު ލަތީފް ވިދާޅުވީ ވެޓްސައިޓްގެ ސަބަބުން ކައުންސިލުން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތަކުގެ މައުލޫމާތު ފަސޭހަކަމާއެކު ލިބިގެންދާނެ ކަމަށެވެ. އަދި ކައުންސިލުން ފޯރުކޮށްދޭ ހިދުމަތްތަކާ ގުޅޭ ފޯމްތައް ފަދަ މުހިންމު އެއްޗެހި ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށެވެ.

ލަތީފް ވިދާޅުވީ ވެޓްސައިޓްގައި އިސްތިހާރުކުރައްވަން ބޭނުންވާ ފަރާތްތަކަށް ވިޔަފާރި އުސޫލުން އެފުރުސަތުވެސް ހުޅުވާލެވިފައިވާ ކަމަށެވެ.

ކައުންސިލް އިދާރާގެ ކުރީގެ ވެބްސައިޓެއް އިންކަމަށާއި އެކިއެކި ސަބަބުތަކާއި ހުރެ އެ ވެބްސައިޓް ހުއްޓިފައި ވީނަމަވެސް މިފަހަރު މިއިފްތިތާހްކުރެވޭ ވެބްސައިޓް ކުރިއަށް ގެންދިއުމަށް ވަރަށް ހާއްސަ ސަމާލުކަމެއް ދޭނެ ކަމަށް ކައުންސިލު އިދާރާއިން މައުލޫމާތުދެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355