twitterviber whatsapp telegramfacebookyoutube instagram
26th April 2024

ބީއެމްއެލް "ވާއު ކިޑްސް ރަން" އޭޕްރިލް 27 ގައި ހުޅުމާލޭގައި

Apr 2, 2019

ބޭންކް އޮފް މޯލްޑިވްސް އާއި ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) ގުޅިގެން ބާއްވާ 'ބީއެމްއެލް ވާއު ކިޑްސް ރަން އޭޕްރިލް 27 ގައި ހުޅުމާލޭގައި ބޭއްވުމަށް ހަމަޖައްސައިފިއެވެ.

މި ދުވުމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރާ ކުދިންނަށް ބީއެމްއެލް އާއި އާކް (އެޑްވޮކޭޓިންގ ދަ ރައިޓްސް އޮފް ޗިލްޑްރެން) އާ ގުޅިގެން ހަނގާކުރުން ހުއްޓުވުމަށް މުޖުތަމައު އިތުރަށް ހޭލުންތެރިކުރުމަށް ގައުމީ ފެންވަރުގައި ހިންގަންފަށާ 'ބީޓް ބުލީންގ' ޕްރޮގްރާމަށް ފަންޑް ރައިޒްކުރުމުގެ ފުރުސަތުވެސް ހުޅުވާލެވޭނެއެވެ.

2016 ވަނަ އަހަރުން ފެށިގެން ކުރިޔަށް ގެންދާ މި ދުވުމުގައި އެހެން އަހަރުތަކާއި ހިލާފަށް މި އަހަރު އިތުރު އުމުރު ފުރާއަކަށް ބައިވެރިވުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލެވިފައެވެ. މި ދުވުމުގައި ބައިވެރިވެވޭނީ 4 އަހަރާއި 6 އަހަރާ ދެމެދު، 6 އަހަރާއި 8 އަހަރާ ދެމެދު، 8 އަހަރާއި 10 އަހަރާ ދެމެދުގެ އުމުރުފުރާ އަދި 10 އަހަރާއި 13 އަހަރުގެ އުމުރު ފުރާގެ ކުދިންނަށެވެ. މިއަހަރުގެ ދުވުމުގައ ި1000 ކުދިންނަށް ބައިވެރިވުމަށް ޖާގަވަނީ ހުޅުވާލެވިފައެވެ.

މިއީ ބީއެމްއެލް ވައު ކިޑްސް ރަން ބާއްވާ ހަތަރުވަނަ އަހަރެވެ. ބީއެމްއެލް އިން ދަނީ އިޖުތިމާއި ޒިންމާގެ ދަށުން މިފަދަ ގިނަ ހަރަކާތަކެއްގައި ހިންގަމުންނެވެ. މިގޮތުން މިދިޔަ ފެބްރުވަރީ މަހު 'ބީއެމްއެލް ސްޓާފް ޗެރިޓީ ރަން' ބާއްވައި މޯލްޑިވްސް ތެލެސީމިއާ ސޮސައިޓީ އަށް ވަނީ 80،00 ރުފިޔާ ހަދިޔާކޮށްފަ އެެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355