twitterviber whatsapp telegramfacebookyoutube instagram
29th March 2024

ހަނިމާދު ޒުވާނުންގެ ޖަމިއްޔާއިން ދަނޑުވެރިންނާ އެގްރިކަލްޗަރ ސެންޓަރު ގުޅުވާލަދީފި

އަބްދުލް ވާހިދު ޙަސަން
Apr 4, 2019

ހދ ހަނިމާދޫ ޒުވާނުންގެ ޖަމްޢިއްޔާއާއި މިނިސްޓްރީ އޮފް ފިޝަރީޒް މެރިންރިސޯސަސް އެންޑް އެގްރިކަލްޗަރ ގުޅިގެން ހަނިމާދޫގައި ދަނޑުވެރިކަމާގުޅޭ މައުލޫމާތު ޕްރޮގްރާމެއް ކުރިއަށްގެންގޮސްފިއެވެ.

ހަނިމާދޫގައި ދަނޑުވެރިކަން ކުރާ ފަރާތްތަކާއި ދަނޑުވެރިކަން ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން މި އޭޕްރީލް މަހުގެ 1 އިން 2 އަށް ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައި ކުރިއަށްގެންދިޔަ ޕްރޮގްރާމް ނިންމާލީ އިއްޔެ ހުޅުވާލި ސުވާލާއި ޖަވާބު ޝެޝަނަށްފަހުއެވެ.

ދަނޑުބިންތަކުގަޔާއި، ގޯތިތެރޭގައި އޮންނަ ހުސްބިންކޮޅުގައި ތަފާތު ވައްތަރުގެ ތަރުކަރީއާއި މޭވާ ހެއްދިދާނެގޮތްތައް މައުލޫމާތުދީ އަދި ދަނޑުވެރިކަންކޮށް އެއިން ނަފާހޯދޭނެ ގޮތްތަކާ ބެހޭގޮތުން މިޕްރޮގުރާމުގައި މައުލޫމާތު ފޯރުކޮށްދެވުނެވެ. އަދި މުޑުވަށްކުރުމަށްޓަކާ އެއްރަށުން އަނެއްރަށަށް ގަސްގެނުގެންވީ ސަބަބުތަކާއި އޭގެން ދިމާވެދާނެ ގެއްލުމުގެ މަޢުލޫމާތުވަނީ ބައިވެރިންނަށް ދީފައެވެ. އެހެންނަމަވެސް މަދުންނަމަވެސް ބައެއްފަރާތްތަކުން އަންނަނީ މިގޮތަށްގަސްގެންނަމުންނެވެ.

މި ޕްރޮގްރާމްގައި ދަނޑުބިންތަކުގައި ތަފާތުވައްތަރުގެ މޭވާއާއި ތަރުކާރީ އަދި ފަތްތަރުކާރީގެ ބާވަތްތައް ހެއްދިދާނެ ގޮތްތައް ދަސްކޮށްދިނުމާއި، ދަނޑުބިންތައްޔާރު ކުރާނެ ގޮތާއި މިހާރު ދަނޑުވެރިންނަށް ދިމާވާ މައްސަލަތައް ހައްލުކުރުމަށާއި ޚާއްސަކޮށް ފަނިފަކުސާ އައި ދިރޭސޫޕާ ސޫފީގެ ސަބަބުން ދިމާވާ މައްސަލަތަކާއި ގަސްތަކަށް ޖެހޭ އެކި ބަލިތައް ކޮންޓްރޯލް ކުރާނެ ގޮތުގެ މައްޗަށެވެ.

މީގެ އިތުރުން ދަނޑުވެރިކަން ކުރުމުގައި ބިމުގެ ބޭނުން އެންމެފުރިހަމައަށް ހިފުމަށްޓަކައި ވިސްނަންޖެހޭ ކަންތައްތަކާއި އަދި މުޑުވަށްގަސް ގިނަކުރާނެގޮތާއި، ތަފާތު ގޮތްތަކާއި ބެހޭ މައުލޫމާތު ފޯރުކޮށްދީ، އަމަލީ ގޮތުން އެމަސައްކަތްތައް ކުރިއަށްގެންދާނެ ގޮތްތައް ތަޖުރިބާކުރެވުނެވެ. އަދި ބޭނުންކަރާބޭސްތައް ބޭނުން ކުރާނެ ރައްކާތެރި ގޮތްތައްވަނީ ކިޔާދީފައެވެ. މިޕްރޮގްރާމްގައި ކިޔަވައިދެއްވާފައިވަނީ ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގެ ތަޖްރިބާކާރުން އަބްދުލްލަތީފާއި ޒަކަރިއްޔާ އަދި މުހަންމަދު އަބްދުލް ކަރީމެވެ.

ހަނިމާދޫ ޒުވާނުންގެ ޖަމްޢިއްޔާއަށް 25 އަހަރުން ފުރުން ފާހަގަ ކުރުމުގެ ގޮތުން ކުރިއަށްގެންދެވުނު މި ވޯރކްޝޮޕްގައި ޖުމްލަ 18 ފަރާތަކުންވަނީ ބައިވެރިވެފައެވެ. މި ޕްރޮގުރާމުގެ ތެރެއިން ބައިވެރިންނަށް މިކަމުން ކުރިޔަށްދާނެ މަގުވަނީ ފަހި ވެފައެވެ. އަދި މިޕްރޮފްރާމަށްފަހު ދަނޑުވެރިން މަސައްކަތްކުރާގޮތް ބެލުމަށްޓަކައި އެއްމަސްދުވަހުގެ ނިޔަށް ދަނޑުތަކަށް އެގްރިކަލްޗަރ އިން ޒިޔާރާތްކުރުމަށް ވަނީ ހަމަޖެހިފައެވެ.

އެގްރިކަލްޗަރ ސެންޓަރާއި ގުޅިގެން ރަމަޟާންމަހަށްފަހު 14 ދުވަހުގެ ޓްރެއިންގ އެއް ފެށިގެންދާނެކަމަށް ވޯރކްޝްޕުގެ ބައިވެރިންނަށް ބައިވެރިކަމުގެ ހަނދާނީލިޔުން ދީ ނިއްމާލުމަށްފަހު ހަނިމާދޫ ކައުންސިލްގެ ނައިބުރައީސް ވިދާޅުވެފައެވެ. އެގްރިކަލްޗަރއިން ވަނީ ކޮންމެ ބައިވެރިއަކަށް 2 ގަސް ހަދިޔާ ކޮށްފައެވެ.

ހަނިމާދޫ ޒުވާނުން ޖަމްޢިއްޔާގެ 15 ވަނަ ޤުރުއާން މުބާރާތް މާރޗް މަސްތެރޭގައި ނިއްމާލާފައިވާއިރު ހަނިމާދޫ ޒުވާނުން ޖަމްޢިއްޔާގެ އަންހެން ވޯލީބޯޅަ މުބާރާތް ސްޕޮންސަރއެއް ހަމަޖެހުމާއި އެކު އިޢުލާން ކުރެވޭނެ ކަމަށް އެފަރާތުން މަޢުލޫމާތު ދެއެވެ. އަދި ހަނިމާދޫ ސްކޫލަށް 50 އަހަރު ފުރުންފާހަނގަ ކުރުމުގެގޮތުން ސްކޫލުކުދިންނާއި ބެލެނިވެރިންނަށް އަމާޒުކޮށްގެ 2 ދުވަހުގެ ދަރުސް ޕްރޮގުރާމެއް މިމަހުގެ ތެރޭގައި ބޭއްވުމަށްޓަކައި ތައްޔާރުވަމުންދާކަމަށް އެފަރާތުން މަޢުލޫމާތުދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355