twitterviber whatsapp telegramfacebookyoutube instagram
27th January 2020

މަޖިލިސް އިންތިހާބަށް ކުޅުދުއްފުށި އޮތީ ތައްޔާރުވެފަ: ކައުންސިލް

އިބްރާހިމް ހަމީދު
Apr 4, 2019

ރައްޔިތުން މަޖިލީސް އިންތިހާބުގައި ރައްޔިތުން ވޯޓްލުމަށް ޓަކައި ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް ނިމިފައިވާ ކަމަށް ކުޅުދުއްފުށީ ކައުންސިލުން ބުނެފިއެވެ.

ކޭއޯއަށް މަޢުލޫމާތުން ދެއްވަމުން އިންތިހާބުގެ ކަންކަން ބަލަހައްޓަވާ އޮފިޝަލް ވިދާޅުވީ ރައްޔިތުން މަޖިލީސް އިން އިންހާބުގައި ކުޅުދުއްފުށީގައި ރައްޔިތުން ވޯޓްލުމަށް ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް މިހާރު ނިމިފައިވާ ކަމަށާއި 6 އޭޕްރީލުވާ ހޮނިހިރު ދުވަހު ހެނދުނު 8 އިން ހަވީރު 4 ޖެހުމާއި ހަމައަށް ވޯޓްފޮށިތައް ބެހެއްޓިފައިވާ މަރުކަޒުތަކުގައި ވޯޓްލުން ކުރިއަށްދާނެކަމަށެވެ.

މަޖިލީސް އިން އިންތިހާބުގައި ކުޅުދުއްފުށީގައި ރައްޔިތުން ވޯޓްލުމަށް 7 ތަނެއްގައި 9 ވޯޓްފޮށި ބެހެއްޓޭނެކަމަށާއި އެއީ ދެކުނުދާއިރާގައި 4 ފޮށި އުތުރުދާއިރާގައި 4 ފޮށި އަދި ރަށުން ބޭރުމީހުން ވޯޓްލުމަށް 1 ވޯޓްފޮއްޓެވެ.

އެގޮތުން ކުޅުދުއްފުށީ ދެކުނުދާއިރާގެ ރައްޔިތުނަށް ވޯޓްލުމަށް ބަހައްޓާ 4 ވޯޓްފޮށި ބެހެއްޓިފައި ހުންނާނީ އަފީފުއްދީން ސްކޫލް ހޯލްގައި 2 ފޮއްޓާއި އަމީރު އަމީން ސްކޫލާއި ނޮދަން އޮފީސް ކޮމްޕްލެކްސް (އެންއޯސީ) ގައި 1 ފޮށިކަމަށެވެ.

އުތުރުދާއިރާގެ ރައްޔިތުން ވޯޓްލުމަށް ބަހައްޓާ 4 ފޮށި ބެހެއްޓިފައި ހުންނާނީ ގައުމީ ޔުނިވާސިޓީގެ ކެމްޕަސް އިމާރާތުގައި އާއި ޖަލާލުއްދީން ސްކޫލުގައި 1 ފޮށި ތައުލީމީ މަރުކަޒު ސްކޫލު ހޯލްގައި 2 ފޮއްޓެވެ.

އެހެން ފަހަރުތަކާއި ހިލާފަށް މިއަހަރު ރަށުން ބޭރު މީހުން ވޯޓްލުމަށް ހާއްސަކުރެވިފައިވާ ވޯޓް ފޮށި ބެހެއްޓިފައި ހުންނާނީ ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގެ ޔޫތު ސެންޓަރުގައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355