twitterviber whatsapp telegramfacebookyoutube instagram
25th April 2024

ޑެންގީ ޓާސްކް ފޯހުގެ ޒިންމާތައް ކުޅުދުއްފުށީ ކައުންސިލަށް ނަގައިފި

އަބްދުލް ވާހިދު ޙަސަން
Apr 14, 2019
3

ކުޅުދުއްފުށީގެ ޑެންގީ ހުން ކޮންޓްރޯލްކުރުމަށް އުފައްދާފައިވާ ޑެންގީ ޓާސްކް ފޯހުގެ ޒިންމާތައް ކައުންސިލަށް ނަގައިފި އެވެ. މިއީ ޑެންގީ ޓާސްކް ފޯހުގެ ޒިންމާތައް ކައުންސިލުން ނެގި ފުރަތަމަ ފަހަރެވެ.

ހދ އަތޮޅު ހެލްތް ސާވިސަސްއިން އިސްނަގައި މި އަހަރަށް ޓާސްކް ފޯސް އެކުލަވާލައި އިފްތިތާހުކޮށްފައިވަނީ މިދިޔަ މާރޗުމަހުގެ 19 ވަނަ ދުވަހުގެ ރޭ އެވެ. ކޮންމެ އަހަރަކުވެސް ޓާސްކް ފޯސް އެކުލަވާލައި ޒިންމާތައް ނަގައިގެން މަސައްކަތްކުރަމުންގެންދަނީ ހެލްތް އޮފިޝަލުންނެވެ.

އެކަމަކު މިއަހަރު މި ޓާސްކް ފޯސް އެކުލަވައިލި ފަހުން ޒިންމާތައް ވަނީ ކައުންސިލަށް ނަގައިފަ އެވެ. ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބުދުލް ލަތީފް ހަސަން ވިދާޅުވީ، ޑެންގީ ޓާސްކް ފޯސް އެކުލަވާލުމާއި އޭގެ ޒިންމާތައް ގާނޫނީގޮތުން ނަގަން ޖެހޭނީ ކައުންސިލުން ކަމަށްވާތީ ހެލްތް އޮފިޝަލުގެ ލަފަޔާއެކު ޓާސްކް ފޯސްގެ ޒިންމާތައް ކައުންސިލަށް ނެގީ ކަމަށެވެ.

ޓާސްކު ފޯސްގެ ޒިންމާތައް ކައުންސިލަށް ނެގިކަމުގައިވިޔަސް، އެމަސައްކަތްތައް ކުރަމުންގެންދާނީ ހެލްތް އޮފިޝަލުންގެ ފަންނީ އެހީތެރިކަމާއެކު އެވެ. އެކަމުގައި ހދ އަތޮޅު ހެލްތް ސާވިސަސްގެ ވެރިންނާއި މުވައްޒަފުންގެ ފަރާތުން ކައުންސިލަށް ވަރަށް ފުރިހަމައަށް އެއްބާރުލުން ލިބެމުންދާ ކަމަށް ލަތީފް ވިދާޅުވި އެވެ.

ޑެންގީ ޓާކްސް ފޯސްގައި ހިމެނީ ކައުންސިލާއި ހެލްތް އޮފިޝަލުންގެ އިތުރުން ކުޅުދުއްފުށީގައި ހުންނަ ސަރުކާރުގެ މުވައްސަސާތަކުގެ އިސް އޮފިޝަލުންނެވެ. ޓާސްކް ފޯސްގެ މަސައްކަތްތައް ފެށިގެން ކުރިއަށްދާއިރު މަދިރި އުފެދި އާލާވައި ގޮތަށް ހުންނަ ތަންތަން ބަލައި ފާސްކޮށް އެތަންތަން ނައްތާލާނެ އެވެ. މި ޕްރޮގުރާމުގެ ދަށުން ފުރަތަމަ ފާސްކުރާނީ ސަރުކާރުގެ މުވައްސަސާތަކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355