twitterviber whatsapp telegramfacebookyoutube instagram
26th April 2024

ޕަބުލިކް ވޯކްސް ސައިޓް އޮތީ ބޮއްސުންލާފައި: އަލީ

އިބްރާހިމް ހަމީދު
Apr 14, 2019
4

ކުޅުދުއްފުށީ ޕަބުލިކް ވޯކްސް ސައިޓް އޮތީ ބޮއްސުންލާފައިވާކަމަށް މިމަހު ސައިޓާއި ހަވާލުވި ޕްރޮޖެކްޓް މެއިންޓަނަސް ކޯޑިނޭޓަރ އަލީ މުޙައްމަދު ވިދާޅުވެއްޖެއެވެ.

ކޭއޯއަށް ދެއްވި ބަސްތީގަތުމެއްގައި އަލީ މުހައްމަދު ވިދާޅުވީ އެތަނާ ހަވާލުވިއިރު އެތަނުގެ ހާލަތު ހަމަ ހަގީގަތުގައިވެސް އޮތީ ބޮއްސުންލާފައި ކަމަށެވެ. މުވައްޒަފުން މަސައްކަތްކުރާނެ ގޮތުގެ އެއްވެސް ޕުލޭނެއްނެތް އަދި މަސައްކަތް ކުރާނެގޮތެއް، ކުރަންވީގޮތެއް އަދި ވާންވީގޮތެއްވެސް ނޭނގި މުވައްޒަފުން ތިބިކަމަށް އަލީ ވިދާޅުވި އެވެ.

އަލީ ވިދާޅުވީ މަސައްކަތް ކުރަންބޭނުން ކުރާ ގިނަ ވެހިކަލްތައްވެސް ހުރީ ސަރަހައްދުގެ އެކި ރަށްރަށުގައި ކަމަށާއި އަދި ތަނުގައި ހުރި ވެހިކަލްތައް ހުރީ ބޮޑެތި މަރާމާތުތަކަށް ބޭނުވެ، ގުރައުންޑްވެފައިވާކަމަށެވެ.

" އަޅުގަނޑު މިތަނާއި ހަވާލުވިއިރު މުވައްޒަފުންނާއި ބައްދަލުކޮށް ދޭން ބޭނުންވާ މެސެޖްތައް ދިނުމަށް މުވައްޒަފުންނާއެކު އިށީންނާނެ ތަނެއް ނުވަތަ އެފަދަ ނިޒާމެއްވެސް މިތަނުގައި ނެތް އެންމެ މުހިއްމުކަމަކީ މުވައްސަސާ އެއްވިއްޔާ މުވައްޒަފުންނާއި ބައްދަލުކުރެވޭނެ ނިޒާމެއް ހުންނަންއެބަޖެހޭ. މިމަސައްކަތް މިފެށީ ޒީރޯއިން މިތަނަކީ ބަޖެޓެއް ކަނޑައެޅިގެން ހިނގާތަނެއް ނޫން. މާލޭއިން ދޭ މިންވަރަކަށް ބިނާކޮށް މަސައްކަތް ރޭވިފައި ހުންނާނީ " ކޯޑިނޭޓަރ އަލީ ވިދާޅުވި އެވެ.

އަލީ އިތުރަށް ވިދާޅުވި އެހެންނަމަވެސް ތަނާއި ހަވާލުވެ މިވީ ހަފުތާއެއްގެ ތެރޭގައި އެންމެ އިސްކަމެއް ފުރަތަމަ ދިނީ ތަނުގެ ހާލަތު ދެނެގަތުމާއި މަސައްކަތްތައް ޕުލޭން ކުރެވިގެން ކުރިއަށް ގެންދިއުމަށްކަމަށެވެ. އެގޮތުން ހުރިހާ މުވައްޒަފުންނާއި ކައުންސިލްގެ އެއްބާރުލުމާއި އެހީތެރިކަމާއެކު މަސައްކަތްތައް މިހާރު ތާވަލުކުރެވި އެމަސައްކަތްތައް ކުރުމަށްޓަކާ އެފަދަ މާހައުލެއް ގާއިމުކުރެވިފައިވާ ކަމަށެވެ.

ސައިޓުން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތަކާ ގުޅޭ ގޮތުން ވާހަކަފުޅުދައްކަވަމުން އަލީ ވިދާޅުވީ ޕަބުލިކް ވޯކްސް ސައިޓަކީ ރައްޔިތުންނަށް މުނިސިޕަލް ގިނަގުނަ ހިދުމަތްތަކެއް ކޮށްދިނުމަށްޓަކާ ސަރުކާރުން އުފައްދާފައިވާ ސައިޓެއް ކަމަށާއި އެގޮތުން ރަށުގެ މަގުތައް އެއްވަރުކޮށް، ހެދުމާއި މަރާމާތުކުރުމާއި މަގުތަކާ ގުޅުން ހުރި މަސައްކަތްތަކުގެ އިތުރުން، ބައެއްފަހަރު މެއިންޑޭޓްގެ އިތުރުން ރައްޔިތުންނާ ގުޅުން ހުރި މަސައްކަތްތައް ކުރެވޭކަމަށެވެ.

އަލީ ވިދާޅުވީ 2008 ވަނަ އަހަރު އެމްޑީޕީގެ ސަރުކާރުން ކައުންސިލާއި ސައިޓްގެ މަސައްކަތްތައް ހަވާލުކުރި ކަމަށާއި އޭގެ ފަހުން ރައީސް ޔާމިންގެ ވެރިކަމުގައި ހައުސިންގ މިނިސްޓްރީގެ ދަށަށް މަސައްކަތްތައް ބަދަލުވެގެން ދިޔަކަމަށެވެ.

" އެހެންނަމަވެސް އެންމެ އެކަށީގެންވާގޮތެއްގައި ސައިޓުން ރައްޔިތުން ހިދުމަތްތައް ފޯރުކޮށްދެވިފައެއް ނެތް. ސަރުކާރުން މިހާރު މިވަނީ ރާއްޖޭގައި މިވަގުތު ހުރި ހުރިހާ ޕަބުލިކް ވޯކްސް ސައިޓްތައް އެރަށެއްގެ ކައުންސިލްގެ ބެލުމުގެ ދަށުން ކުރިއަށް ގެންދިއުމަށް ނިންމާފަ" އަލީ ވިދާޅުވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355