twitterviber whatsapp telegramfacebookyoutube instagram
20th April 2024

"ފެތުން ތަރިން" ނަމުގައި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފަތަން ދަސްކޮށްދެނީ

ނަބީލާ އިސްމާޢީލް
Apr 14, 2019
1

ބޭންކް އޮފް މޯލްޑިވްސް އާއި ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި ގުޅިގެން ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހާއްސަކޮށްގެން ފަތަން ދަސްކޮށްދޭ ޕްރޮގުރާމެއް އިފްތިތާހުކޮށްފިއެވެ.

"ފެތުން ތަރިން " ނަމުގައި އިފްތިތާހުކުރި މި ޕުރޮގުރާމަކީ އަލަށް ފަތަން ދަސްކުރުމަށް ބޭނުންވާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ ޕްރޮގުރާމެކެވެ. މި ޕުރޮގުރާމްގައި ބައިވެރިވުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލެވިފައިވާއިރު ބައިވެރިވުމަށް އެދި ހުށައަޅަންޖެހޭ ފޯމް ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ލިބެން ހުނާނެއެވެ.

މިއީ ބެންކުން އިސްނަގައިގެން ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށްޓަކައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބައިވެރިވުން މުޖުތަމައުގައި އިތުރު ކުރުމާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވެސް ދިރިއުޅުމުގައި ކޮންމެހެން ބޭނުންވާ މުހިންމު ހުނަރުތައް ދަސްކުރުމުގެ ފުރުސަތުތައް ހޯދައިދިނުމަށް ކުރިއަށް ގެންދާ ޕްރޮގުރާމެކެވެ.

ބީއެމްއެލްގެ އޮފިސަލު ހާމަކުރިގޮތުގައި ވަށައިގެން ވަނީ ކަނޑުކަމަށް ވާއިރު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްވެސް ރަނގަޅަށް ފަތަން އެނގުމަކީ ވަރަށް ނުހިންމު ކަމެއް ކަމަށެވެ. ނުކުޅެދުންތެރިކަން ހުންނަ ފަރާތް ތަކަށް "ފެތުން ތަރި " ޕްރޮގުރާމް ވެގެން ދާނީ ވަރަށް ބޭނުންތެރި ޕްރޮގުރާމެއް ކަމަށެވެ. ސްވިމިން އެސޯސިއޭޝަންގެ ތަޖްރިބަކާރު ކޯޗުންގެ ފުރިހަމަ އެހީތެރިކަމާއެކު މި ފުރޮގުރާމް ކުރިއަށްގެންދެވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއްކަމަށެވެ.

ދުޅަހެޔޮ މުޖުތަމައު އެއް ބިނާ ކުރުމަށާއި އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހަމަހަމަ ފުރުސަތުތައް ހޯދައިދީ ބާރުވެރިކުރުމުގެ ގޮތުން ބީއެމްއެލް އިން އަންނަނީ އެ ދާއިރާގައި ހަރަކާތްތެރިވާ އެކި ޖަމިއްޔާތަކާއި އެކު ގިނަ ހަރަކާތް ތަކެއް ހިންގަމުންނެވެ. މީގެ ތެރޭގައި އެ ޖަމިއްޔާތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ތަފާތު ތަކެއްޗާއި އާލާތްތައް ފޯރުކޮށްދިނުން ހިމެނޭކަމަށް ބެންކުން ހާމަކުރެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355