twitterviber whatsapp telegramfacebookyoutube instagram
25th April 2024

ކުޅީގެ ދިރާސާ މިނިސްޓަރާ ހިއްސާކޮށްފި

ޚަދީޖާ އާދަމް
Apr 16, 2019

ކުޅުދުއްފުށީ ކުޅީގެ ބާކީ އޮތްބަޔަށް ދިރުން ގެނެސް އެތަން ހިމާޔަތް ކުރުމަށް ކުރަން ޖެހޭ ދިރާސާތައް ކުރުމަށް އައި ތަޖުރިބާކާރުން، އެބޭފުޅުންގެ ދިރާސާ އެންވަޔަރުމެންޓް މިނިސްޓްރީއާއި ހިއްސާކޮށްފި އެވެ.

މިދިޔަ ހަފްތާ ކުޅުދުއްފުއްޓަށް އައިސްފައިވަނީ "މެންގްރޫވް އެކްޝަން ޕްރޮޖެކްޓް" ގެ ހަތަރު ތަޖުރިބާކާރެކެވެ. މި ބޭފުޅުން ގެ ދިރާސާ އެންވަޔަރުމެންޓް މިނިސްޓަރ ޑރ ހުސެއިން ރަޝީދު އާއި ހިއްސާ ކުރެއްވީ މިދިޔަ ހޯމަ ދުވަހު އެވެ.

މެންގްރޫވް އެކްޝަން ޕްރޮޖެކްޓް ގެ ތަޖުރިބާކާރުންގެ ސޭވް މޯލްޑިވްސް ގެ ޓީމަކާއި މިނިސްޓްރީ އަދި އީޕީއޭގެ ބޭފުޅުން ވެސް ވަނީ މި ދިރާސާގައި ބައިވެރިވެފަ އެވެ.

އެންވާރަމެންޓް މިނިސްޓަރު އެ ޓީމާ ބައްދަލު ކުރައްވާ ކުޅިން ހެދި ދިރާސާތަކުގެ މައުލޫމާތު މިނިސްޓަރާ ހިއްސާކުރި ކަމަށް އަދި އެ ޓީމުން ވަނީ ކުޅީގެ ބައި އޮތް ބައިގެ ދިރުންތައް އިތުރަށް އާލާކުރުމަށް ކުރެވިދާނެ ކަންކަން ވެސް ވަނީ ހުށަހަޅާފަ އެވެ.

ކުޅުދުއްފުށީގެ ކުޅީގެ ބާކީ ބަޔާމެދު އަމަލު ކުރާނެ ގޮތެއް ނިންމާނީ މެންގްރޫވް އެކްޝަން ޕްރޮޖެކްޓްގެ އެކްސްޕާޓުންގެ ދިރާސާތަކަށް އެ މީހުން ދޭ ލަފަޔަށް ބަލައިގެނެވެ.

މިދިޔަ ސަރުކާރުން އެއާޕޯޓެއް އެޅުމަށް ކުޅީގެ ބޮޑު ބައެއް ހިއްކާފައި ވީ ނަމަވެސް ކުޅީގެ ރަށުތެރެއަށް ވާ ބައިގެ ހިއްގައިމު ސަރަހައްދެ އަދިވެސް އެބަ އޮތެވެ. އަދި މިސަރަހައްދަކީ ގިނަ އަދަދެއްގެ މޫސުމީ ދޫނިވެސް ޖައްސާ ސަރަހައްދެއްކަން ފާހަގަ ކޮށްލެވެއެވެ.

ނަމަވެސް އެއާޕޯޓުގެ މަސައްކަތް ކުރަމުން އައިއިރު އެސަރަހައްދަށް އެއްވެސް ސަމާލުކަމެއް ދީފައި ނެތުމުން ކުޅީގެ ބާކީއޮތް ސަރަހައްދުގެ ދިރުން ވަނީ ގެއްލިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355