twitterviber whatsapp telegramfacebookyoutube instagram
23rd September 2019

ދިރާގު ޓީވީގެ އެންމެ ފަހުގެ ޕެކޭޖުތަކަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފި

ޚަދީޖާ އާދަމް
Apr 20, 2019
1

ދިރާގު ޓީވީން އެންމެ ފަހުން ނެރުނު ޓީވީ ޕްކޭޖުތަކަށް ހާއްސް ޕްރޮމޯޝަނެއް ފަށައި، މި މަހުގެ ކުރީކޮޅު "އެގްޒައިޓްމެންޓް" ނަމުގައި ތައާރަފް ކުރި އެޑް-އޯން ހިދުމަތް ހިލޭ ދޫކުރަން ނިންމައިފި އެވެ.

އެގޮތުން ދިރާގުން ބުނީ ޕްރޮމޯޝަނުގެ ދަށުން ބޭސިކް ޕެކޭޖު 300ރ. އަށް ލިބޭނެ ކަމަށާއި މީގެ އިތުރުން ކަސްޓަމަރުންނަށް 399ރ. ހޭދަކޮށްގެން ދިރާގުން ދޫކުރާ ހުރިހާ ޗެނަލެއް ބަލައިލުމުގެ ފުރުސަތު ލިބޭނެކަމަށެވެ.

އަދި އެގްޒައިޓްމެންޓް އެޑް-އޯންގެ ދަށުން 22 އިތުރު ޗެނަލް ބަލައިލެވޭނެ ކަމަށް ވެސް ދިރާގުން މައުލޫމާތު ދެއެވެ.

ޖޫން މަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮމޯޝަންގައި ދިރާގުޓީވީގެ ހިދުމަތް އިއްޔެއިން ފެށިގެން ނަގާފައިވާ ހުރިހާ ކަސްޓަމަރުންނަށް ބައިވެރިވެވޭނެ އެވެ.

މިހާރު 90 އަށް ވުރެ ގިނަ ޗެނަލް ދިރާގުޓީވީން ލިބޭއިރު މި ހިދުމަތް 52 ރަށަކަށް ދަނީ ދެމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355