twitterviber whatsapp telegramfacebookyoutube instagram
20th April 2024

ވިޔަވަތި ޤުރުއާން މުބާރާތުގެ އެއްވަނަ މިލަންދޫ ސްކޫލް

Apr 20, 2019

ކޮންމެ އަހަރަކުވެސް ށ އަތޮޅު ސްކޫލްތަކަށް އަމާޒްކޮށްގެން ށ އަތޮޅު ކައުންސިލުން ބާއްވަމުން އަންނަ ވިޔަވަތި ޤުރުއާން މުބާރާތުގެ އެއްވަނަ މިލަންދޫ ސްކޫލް ހޯދައިފި އެވެ.

މިލަންދޫ ސްކޫލް މި މުބާރާތް ކާމިޔާބު ކުރި މިއީ 13 ވަނަ ފަަހަރެވެ.

މުޅި މުބާރާތުން ދެވަނަ ސްކޫލްގެ ގޮތުގައި ހޮވިފައި ވަނީ ފޯކައިދޫ ސްކޫލެވެ. އަދި ތިންވަނަ ސްކޫލްގެ ގޮތުގައި ހޮވިފައި ވަނީ ށ.އަތޮޅު މަދަރުސާއެވެ.

މުޅި މުބާރާތުން ހިތުން ކިޔެވުމުގެ ގޮފިން ގަދަ 5 ދަރިވަރުންނަކީ އައިޝަތު ޝިރުފާ މިލަންދޫ ސްކޫލް، އާޔާ ބިންތު މުހައްމަދު ފޯކައިދޫ ސްކޫލް މުހައްމަދު ރަޒާން ފޭދޫ ސްކޫލް މަލަކާ އަހްމަދު ފައިސަލް އަތޮޅު މަދަރުސާ އަދި އަޒުލީލާ އިބްރާހީމް އަތޮޅު މަދަރުސާއެވެ.

މުޅި މުބާރާތުން ފޮތުން ކިޔެވުމުގެ ގޮފިން ގަދަ 5 ދަރިވަރުންނަކީ ހަލީމަތު ޖުނާނާ މިލަންދޫ ސްކޫލް އައިޝަތު އިމްސާ މާއުނގޫދޫ ސްކޫލް އައިޝަތު ހަނާން ފުނަދޫ ސްކޫލް އާމިނަތު ރައިސާ ރަޝީދު މިލަންދޫ ސްކޫލް އަދި އައިޝަތު އިނާން ރަމްޒީ ފުނަދޫ ސްކޫލެވެ.

މި މުބާރާތުގެ ހިތުން ކިޔެވުމުގެ ގޮފިން އެއްވަނަ ހާސިލްކޮށްފައިވަނީ ށ.އަތޮޅު މަދަރުސާގެ އަޒުލީލާ އިބްރާހީމް ރަޝީދެވެ. ފޮތުން ކިޔެވުމުގެ ގޮފިން ވިދިވިދިގެން 15 ފޮތުގެ ގިންތިން 90 ޕޮއިންޓާއި އެކު ފުނަދޫ ސްކޫލުގެ އައިޝަތު ހަނާން ޝަރީފް އެއްވަނަ ހާސިލްކޮށްފައިވާއިރު، ފޮތުން ކިޔެވުމުގެ ގޮފިން ވިދިވިދިގެން 10 ފޮތުގެ ގިންތިން 95 ޕޮއިންޓާއި އެކު އެއްވަނަ ހޯދާފައިވަނީ ފުނަދޫ ސްކޫލުގެ އައިޝަތު އިިނާން ރަމްޒީ އެވެ. ފޮތުން ކިޔެވުމުގެ ގޮފިން ވިދިވިދިގެން 5 ފޮތުގެ ގިންތިން އެއްވަނަ ހޯދާފައިވަނީ 92 ޕޮއިންޓާއިއެކު ފުނަދޫ ސްކޫލުގެ އާމިނަތު ރައިސާ ރަޝީދެވެ.

މުޅި މުބާރާތުން ފޮތުން ކިޔެވުމުގެ ގޮފިން އެއްވަނަ އަށް ގޮސްފައިވަނީ ފުނަދޫ ސްކޫލްގެ އައިޝަތު އިނާން ރަމްޒީއެވެ. ހިތުން ކިޔެވުމުގެ ގޮފިން ވިދިވިދިގެން 6 ފޮތުގެ ގިންތިން 94.5 ޕޮއިންޓާއެކު ށ އަތޮޅު މަދަރުސާގެ އަޒުލީލާ އިބްރާހީމް ރަޝީދު އެއްވަނަ ހާސިލްކޮށްފައިވާއިރު ހިތުން ކިޔެވުމުގެ ގޮފިން ވިދިވިދިގެން 4 ފޮތުގެ ގިންތިން އެއްވަނަ ހަސިލްކުރީ 86.5 ޕޮއިންޓާއިއެކު މިލަންދޫ ސްކޫލްގެ އައިޝަތު ޝަބާ އެވެ. ހިތުން ކިޔެވުމުގެ ގޮފިން ވިދިވިދިގެން 2 ފޮތުގެ ގިންތިން 93.5 ޕޮއިންޓާއި އެއްވަނަ ހާސިލްކުރީ ށ.އަތޮޅު މަދަރުސާގެ މަލަކާ އަހްމަދު ފައިސަލް އެވެ.

މި މުބާރާތަކީ 2006 ވަނަ އަަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ މުބާރާތެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355