twitterviber whatsapp telegramfacebookyoutube instagram
21st December 2025

އަތޮޅު ކައުންސިލްގެ ޤުރުއާން މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު މާދަމާއަށް ފަސްކޮށްފި

އަބްދުލް ވާހިދު ޙަސަން
Apr 20, 2019
1

ހދ އަތޮޅު ކައުންސިލްގެ ޤުރުއާން މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު މާދަމާއަށް ފަސްކޮށްފި އެވެ. މިރޭ ބާއްވަން ކުރިން ނިންމާފައިވާ ނަތީޖާފާޅުކުރުމުގެ ރަސްމިއްޔާތު ފަސްކުރީ، މުބާރާތުގެ ޝަރަފްވެރިމެހެމާނުންނަށް ވަޑައިނުގަނެވުމުގެ ސަބަބުންނެވެ.

ނެއްލައިދޫގައި ކުރިއަށްދާ މިމުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުގެ ޝަރަފުވެރިމެހެމާނުންގެ ގޮތުގައި ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ހޯމް މިނިސްޓަރު ޝެއިޙް އިމްރާން އަބުދުﷲ އާއި ވައިކަރަދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމެވެ.

މުބާރާތުގެ ކޯޑިނޭޓަރު އަދި އަތޮޅު ކައުންސިލް މެމްބަރު ވަސީމް ދެންމެ ކޭއޯއަށް ވިދާޅުވީ މިނިސްޓަރަށް ވަޑައިނުގަނެވުނީ މާލެ ސަރަހައްދަށް ވިއްސާރަވުމުގެ ސަބަބުން ފުލައިޓް ލަސްވެގެންނެވެ. ހުޅެލޭއިން މިއަދު ހަވީރު ފުރަން ޝެޑިއުލްކުރި ފްލައިޓް އަދިވެސް ނައްޓާލާފައިނުވާކަމަށް ވަސީމް ވިދާޅުވި އެވެ.

މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ދެން އޮންނާނީ މާދަމާ ހެނދުނު 8:30 ގައި ނެއްލައިދޫ ސްކޫލުގަ އެވެ. މިމުބާރާތުގައި ހދ އަތޮޅުގެ 11 ރަށަކުން 132 ދަރިވަރުން ވާދަކުރެ އެވެ.

މުބާރާތް ފަށާފައިވަނީ މިދިޔަ ބުރާސްފަތިދުވަހު ހަވީރު އެވެ. ކޮންމެ އަހަރަކުވެސް މުބާރާތް ބާއްވަނީ ހަފްތާ ބަންދާ ދިމާކޮށް ބުރާސްފަތި ދުވަހެއްގެ ހަވީރު އެވެ. މުބާރާތަށް ތިންދުވަސް ހޭދަވާއިރު މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ކޮންމެ އަހަރަކުވެސް ބާއްވަމުންދިޔައީ ހޮނިހިރު ރޭގަނޑު އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355