twitterviber whatsapp telegramfacebookyoutube instagram
28th March 2024

ޤުރުއާން މުބާރާތުގެ ފަޙުރުވެރި އެއްވަނަ ނޮޅިވަރަމަށް

އަބްދުލް ވާހިދު ޙަސަން
Apr 21, 2019
1

ހދ އަތޮޅުގައި ބާއްވާ އެންމެ ޝަރަފުވެރި މުބާރާތް، އަތޮޅު ޤުރުއާން މުބާރާތުގެ އެންމެ ފަޙުރުވެރި އެއްވަނަ ނޮޅިވަރަމް ހޯދައިފި އެވެ. ނޮޅިވަރަމް އެއްވަނަ ހޯދިއިރު މިދިޔަ ފަސް އަހަރު ޖެހިޖެހިގެން އެއްވަނަ ހާސިލުކުރި ވައިކަރަދޫއަށް މިއަހަރު ލިބުނީ ތިންވަނަ އެވެ. މުބާރާތުގެ ދެވަނަ ހޯދީ މަކުނުދޫ އެވެ.

އަތޮޅުގެ 11 ރަށަކުން 132 ދަރިވަރަކު ބައިވެރިވި މިއަހަރު ޤުރުއާން މުބާރާތުގެ ނަތީޖާފާޅުކޮށްފައިވަނީ މިއަދު ހެނދުނު ނެއްލައިދޫގައި އެވެ. މިރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ހާއްސަ މަގާމުތަކަށް ދިޔަ ދަރިވަރުންނަށް ޓްރޮފީ ހަވާލުކޮށްދެއްވީ ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ އެވެ. މިއީ ހދ އަތޮޅު ޤުރުއާން މުބާރާތެއްގައި މިނިސްޓަރަކު ބައިވެރިވި ފުރަތަމަ ފަހަރެވެ.

މުޅި މުބާރާތުން ދެ ގޮފި ވަކިން އެއްވަނަ ހޯދި ދަރިވަރުން ހޮވައި އެ ދަރިވަރުންނަށްވެސް ވަނީ އިނާމުދީފަ އެވެ. އެގޮތުން އެންމެ ޝަރަފްވެރި އެ ދެ މަގާމު ހޯދި ދަރިވަރުންނަށް ވަނީ ޓްރޮފީގެ އިތުރުން ނެއްލައިދޫ، އޭއައިއޭ ކޮންސްޓްރަކްޝަން ކޮމްޕެނީ އާއި އައި ސެވަން ކޮންސްޓްރަކްޝަނުން ދޭ އުމްރާ ދަތުރު ލިބިފައިވަނީ، ބަލައިގެން ކިޔެވުމުގެ ގޮފިން އެއްވަނަ ހާސިލުކުރި ރާޔާ އަންވަރު، ގ.ނިޔާމަ/ މާލެ އެވެ. އެދަރިވަރަކީ މަކުނުދޫ ސްކޫލުގެ ދަރިވަރެކެވެ. ނުބަލައި ކިޔެވުމުގެ ގޮފިން އެއްވަނަ ކާމިޔާބުކުރީ އާޔާ އަލީ، މިޔުރެކްސް/ ހަނިމާދޫ އެވެ.

ވަކިވަކި އުމްރުފުރާތަކުން ވަނަތަކަށް ދިޔަ ދަރިވަރުންނަށްވެސް ވަނީ ޓްރޮފީ ހަވާލުކޮށްފަ އެވެ. މުބާރާތުގެ އެންމެ މޮޅު 16 ދަރިވަރުންވެސް ވަނީ ހޮވާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355