twitterviber whatsapp telegramfacebookyoutube instagram
5th January 2026

ކުޅުދުއްފުށީ ކައުންސިލްގެ ރޯދަ ހަދިޔާ: ކޮންމެ ގެޔަކަށް މުސްހަފެއް

އަބްދުލް ވާހިދު ޙަސަން
Apr 25, 2019
3

އަންނަ ރޯދަމަހު ކޮންމެ ގޭބިސީއަކަށް މުސްހަފެއް ދިނުމަށް ހަމަޖެހިފައިވާކަމަށް ކުޅުދުއްފުށީ ކައުންސިލުން ހާމަކޮށްފި އެވެ.

ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބުދުލް ލަތީފް ހަސަން މިއަދު ކޭއޯއަށް ވިދާޅުވީގޮތުގައި، ރޯދަމަހު ކައުންސިލުގެ ފަރާތުން ކުޅުދުއްފުށީގެ ކޮންމެ ގޭބިސީއަކަށް މުސްހަފެއް ހަދިޔާކުރަން ހަމަޖެހިފައިވާ ކަމަށެވެ.

ރޯދަމަހުގެ ފުރަތަމަ ދުވަހު ކުރިން ހުރިހާ ގޭބިސީތަކަށް މުސްހަފު ފޯރުކޮށްދެވޭނެކަމަށް ލަތީފް ވިދާޅުވި އެވެ. ކުޅުދުއްފުށީގެ އާބާދީ ދިހަހާހަށްވުރެ މައްޗަށް ގޮސްފައިވާއިރު މީހުން ދިރިއުޅޭ 1700 ވުރެއް ގިނަ ގޭބިސީ ހުރެ އެވެ.

ރޯދަމަހާ ދިމާކޮށް އެކި ކައުންސިލުތަކުން އަންނަނީ އެރަށެއްގައި ރައްޔިތުންނަށް ރޯދަ ހަދިޔާގެ ގޮތުގައި ތަފާތު ތަކެތި ހަދިޔާކޮށް އެކި ކަންތައްތައް ކޮށްދޭނެކަމަށް ބުނަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355