twitterviber whatsapp telegramfacebookyoutube instagram
20th April 2024

އެސްޓީއޯ ސުޕަމާޓްގެ ރަމަޒާން ބާޒާރުން ހޯލްސޭލް އަގުތައް ހެޔޮކޮށްފި

ނަބީލާ އިސްމާޢީލް
Apr 27, 2019

އެޕްރީލް 7 ވަނަ ދުވަހު ފެށިގެން ކުރިޔަދާ އެސްޓީއޯ ރަމަޒާން ބާޒަރަކީ އެސްޓީއޯ ސުޕަމާރޓް ފިހާރައިން ރީޓެއިލް ކަސްޓަމަރުންނަށް އަދި އެސްޓީއޯ ސުޕަމާރޓް ހޯލްސޭލް ސެންޓަރުން ހޯލްސޭލް ކަސްޓަމަރުންނަށް ހިންގަމުން އަންނަ ޕްރޮމޯޝަނެކެވެ.

މިޕްރޮމޯޝަން ގައި އެސްޓީއޯ ސުޕަމާރޓް ހޯލްސޭލް ސެންޓަރުން ވަނީ ސުޕަމާޓުން އެތެރެކޮށް ވިއްކަމުންދާ ގިނައަދަދެއްގެ ބްރޭންޑްތަކުގެ ހޯލްސޭލް އަގުތައްވެސް ހެޔޮކޮށްފައެވެ.

އެސްޓީއޯ ސުޕަމާރޓްގެ އަމިއްލަ ބްރޭންޑެއް ކަމަށްވާ "ޗޮއިސް" ބްރޭންޑްގެ ބާސްމަތީ ހަނޑުލާއި ކައްކާތެލުގެ އަގުވަނީ ބޮޑުތަނުން ހެޔޮކޮށްފައެވެ. "ޗޮއިސް" ބްރޭންޑްގައި ހިމެނެނީ ކައްކާތެލާއި ސަންފްލާވާ ތެލާއި ބާސްމަތީ ހަންޑުލާއި ޅަހަނޑުލުގެ އިތުރުން ރާއްޖޭގެ އެންމެ މަގުބޫލު އަދި އެންމެ އަގުހެޔޮ ޗޮއިސް ގެރިކިރު ކަމަށްވެސް އެސްޓީއޯއިން މައުލޫމާތު ދެއެވެ.

"ޗޮއިސް" ބްރޭންޑްގެ އިތުރުން ރޯދަމަހަށް ހާއްސަކޮށް "އަލްނޫރް" ބްރޭންޑްގެ ހިކިކިރާއި "ޖަދީދާ" ބްރޭންޑްގެ މާޖިރީން "އަލްއައިން" ބްރޭންޑްގެ ޓޮމާޓޯޕޭސްޓް "ފްރަގާޓާ" ބްރޭންޑްގެ އޯލިވްއޮއިލް "އަންކާރާ" ބްރޭންޑްގެ ޕާސްޓާގެއިތުރުން "އެލްސަބާ" ޖޫހުގެވެސް އަގުހެޔޮ ކޮށްފައިވާނެކަމަށްވެސް އެސްޓީއޯއިން މައުލޫމާތުދެއެވެ.

އެސްޓީއޯއިން މައުލޫމާތުދޭގޮތުގައި އަގުހެޔޮކުރެވުނު ހުރިހާ ބްރޭންޑް ތަކަކީވެސް ރާއްޖޭގެ ރައްޔިތުންގެ މެދުގައި މަގުބޫލުކަމާއި އިތުބާރުލިބިފައިވާ ބްރޭންޑްތަކެއް ކަމަށާއި އަބަދުވެސް އެސްޓީއޯގެ އަމާޒަކީ ރައްޔިތުންނަށް ހެޔޮއަގުގައި މުދާ ފޯރުކޮށްދިނުން ކަމަށްވީހިންދު އަގުހެޔޮކުރެވުނު މުދާ އެސްޓީއޯ ސުޕަމާރޓުގެ އިތުރުން އެސްޓީއޯ ރީޖަނަލް 12 ފިހާރައިން މާލެޔާ އެއްއަގެއްގައި ރައްޔަތުންނަށް ލިބިގެންދާނެއެވެ.

150,000/- ރުފިޔާގެ އަގުހުރި އިނާމު ހުށަހެޅިފައިވާ އަދި -/1500 ރުފިޔާއިން މަތީގެ ވިޔަފާރިއެއް ކޮށްގެން ބައިވެރިވެވޭ މި ޕްރޮމޯޝަން ކުރިއަށްދާނީ ޖޫން މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށެވެ.

ކުރިއެކޭ އެއްގޮތައް މިހާރުވެސް އެސްޓީއޯ ސުޕަމާރޓް ހޯލްސޭލް ސެންޓަރުން 500/-ރުފިޔާއިން މަތިން ކުރާވިޔަފާރި ހިލޭ ޑެލިވަރީ ކޮށްދިނުމުގެ އިންތިޒާމު ހަމަޖެހިފައިވާކަމަށް އެސްޓީއޯއިން މައުލޫމާތުދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355