twitterviber whatsapp telegramfacebookyoutube instagram
2nd July 2020

މަސްޖިދުލް ފިރުދައުސް ނިންމާ، ކައުންސިލާ ހަވާލުކޮށްފި

އަބްދުލް ވާހިދު ޙަސަން
May 2, 2019
4

މަޝްހޫރު ވިޔަފާރިވެރިޔާ މިތުރު ކޮމްޕެނީގެ އޯނަރު މުހައްމަދު ޒުހެއިރުގެ ހަރަދުގައި ކުޅުދުއްފުށީގައި އިމާރާތްކުރަން ފެށި މިސްކިތް 9 އަހަރު ފަހު ނިންމާ، މިއަދު ކައުންސިލާ ހަވާލުކޮށްފި އެވެ.

ކުޅުދުއްފުށީ އުތުރު ބަނދަރު ސަރަހައްދުގައި އިމާރާތްކުރި މި މިސްކިތްތަށް ކިޔާފައިވަނީ މަސްޖިދުލް ފިރުދައުސް އެވެ. ކައުންސިލް ބުނީ މިސްކިތުގެ މަސައްކަތް ނިންމާ މިއަދު ކައުންސިލާ ހަވާލުކޮށްފައިވާނެ ކަމަށެވެ. ގާތްގަނޑަށް 450 އެއްހާ މީހުންނަށް އެއްފަހަރާ މި މިސްކިތުގައި ނަމާދުކުރެވޭނެ އެވެ.

މިސްކިތް ހުޅުވުން އޮންނާނީ މިމަހުގެ ފަސްވަނަ ދުވަހު ކަމަށާއި މިސްކިތް ހުޅުވައިދެއްވާނީ އިސްލާމިކް މިނިސްޓަރުކަމަށް ކައުންސިލުން މައުލޫމާތުދެ އެވެ.

މި މިސްކިތް ހަދަން މުހައްމަދު ޒުހެއިރަށް ބިން ދޫކޮށްފައިވަނީ 2010 ވަނަ އަހަރުގެ ފެބުރުއަރީމަހުގެ 11 ވަނަ ދުވަހު އެވެ. ދެ އަހަރުގެ ތެރޭގައި އިމާރާތްކޮށް ނިންމުމަށް ހަވާލުކުރިނަމަވެސް މިސްކިތް ނުނިމުމުން އަލުން މުއްދަތު އިތުރުކޮށްދީފައިވެ އެވެ.

މި މިސްކިތް ނުހެދި ލަސްވުމުގެ ސަބަބުން ގިނަ ބައެއްގެ ފާޑުކިޔުންވެސް މުހައްމަދު ޒުހެއިރަށް ވަނީ އަމާޒުވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355