twitterviber whatsapp telegramfacebookyoutube instagram
24th April 2024

ދެ ޒުވާނަކު އިސްނަގައި، ކުޅުދުއްފުށީ މިސްކިތެއްގައި އޭސީ ހަރުކޮށްފި

އިބްރާހިމް ހަމީދު
May 4, 2019
6

ދެ ޒުވާނަކު އިސްނަގައިގެން ޒިގްޒެގް ޖަމްއިއްޔާއާއި ގުޅިގެން ފުރަތަމަ ފަހަރަށް ކުޅުދުއްފުށީ ޖަމާއަތު މިސްކިތެއްގައި އޭސީ ހަރުކޮށްފި އެވެ.

ކޭއޯ މަޢުލޫމާތުދެއްވަމުން މިމަސައްކަތުގައި އިސްކޮށްއުޅުއްވާ ދެޒުވާނުންގެ ތެރެއިން އެއްޒުވާނެއް ކަމަށްވާ ސައީދު އަބޫބަކުރު ބުނީ ޖަމާއަތު މިސްކިތުގައި އޭސީ ހަރުކުރުމުގެ މަސައްކަތަކީ މީގެ ދުވަސްކޮޅެއް ކުރީން ފަންޑްރައިޒް ކުރެވިގެން ވަރަށް ގިނަ ފަރާތްތަކެއްގެ ދީލަތި އެހީއާއި އަދި ހިލޭސާބަހަށް މިކަމުގައި ބައިވެރިގެން ކުރެވިގެން ދިޔަ މަސައްކަތެއްކަމަށެވެ.

"މިދިޔަ އަހަރު ރޯދަޔަށް ކުރެވުނު މަސައްކަތަކީ އެމިސްކިތުގެ އެއްބައިގައި ކާޕެޓްއެޅުން މިއަހަރު އަޅުގަނޑުމެންގެ ޓާގެޓަކީ އެއްކޮށް ކާޕެޓް އަޅާ އޭސީ ހަރުކުރުން. އެހެންނަމަވެސް އެ ވަރަށް ފަންޑު ނުލިބުމުން މިއަހަރު ރޯދައަށް މިސްކިތުގައި އޭސީ ހަރުކޮށްލެވޭ ވަރުމިވީ." ސައީދު ބުންޏެވެ.

ކޮރަޕްޝަނަށް މަގުފަހިވެދާނެ ކަންކަމަށް ވިސްނާފައި މުއައްސަސާތަކަށާއި އަމިއްލަ ފަރާތްތަކަށް ފަންޑުހޯދުމަށް ސިޓީ ފޮނުވީ ޒިގްޒެގް ޖަމިއްޔާގެ ނަމުގައި ކަމަށާއި މިކަމުގައި ޒިގްޒެގް އެހީތެރިކަން ސައީދު ވަނީ ފާހަގަކޮށްފަ އެވެ. ޖަމިއްޔާގެ ނަމުގައި ސިޓީލީ ވަރަށް ގިނަ މުވައްސަސާތަކުންނާއި އެމުވައްސަސާތަކުގައި މަސައްކަތް ކުރާ ފަރާތްތަކުގެ އިތުރުން އަމިއްލަ ފަރާތްތަކުން ވެސް މިކަމަށް އެހީތެރިކަމާއި އެއްބާރުލުން ލިބިގެން ދިޔަކަމަށް ސައީދު ބުންޏެވެ.

އިތުރަށް ސައީދު ބުނީ ކުޅުދުއްފުށީ ޖަމާއަތު މިސްކިތުގައި ނަމާދުކޮށްލާ ވަގުތު ރައްޔިތުން ފިނީގައި ބޭތިއްބުމަށް ސައުވީސް ހާސް ބީޓީޔޫގެ ހަ އޭސީ މިހާރު ހަރުކުރެވިފައިވާކަމަށާއި އަދި މިހިސާބުން މަސައްކަތް ހުއްޓާލީ ނޫންކަމަށާއި ކުރިއަށް އޮތްތަނުގައި މިސްކިތުގައި ކާޕެޓް ނޭޅި އޮތްބައިގައި ކާޕެޓް އެޅުމުގެ އުއްމީދު އެބައޮތްކަމަށެވެ. ސައީދުއާއެކު މިމަސައްކަތުގައި އިސްނަގައިގެން އުޅުނީ ހިނރުދު، މުހައްމަދު އަބޫބަކުރެވެ.

ކުޅުދުއްފުށީގައި ނަމާދުކުރާ 6 މިސްކިތް ހުރެ އެވެ. އަދި އަންހެނުންނަށް ހާއްސަ ދެ ނަމާދުގެ ހުރެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355