twitterviber whatsapp telegramfacebookyoutube instagram
21st January 2026

އުމުރުން ދުވަސްވާރަކަށް ދިމާވާ ތަދުތަކާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ކުޅުދުއްފުށީގައި ބާއްވަނީ

Aug 13, 2025

އިސްރަށްވެހިންނަށް އަމާޒުކޮށްގެން، ދުވަސްވާވަރަކަށް އާންމުކޮށް ދިމާވާ ރިއްސުމާއި ތަދުތަކުން ދުރުހެލިވުމަށް ކުރެވޭނެ ކަސްރަތުތަކާ ބެހޭ ގޮތުން މައުލޫމާތުދިނުމުގެ ސެޝަންއެއްގައި ބައިވެރިވުމަށް ހުޅުވާލައިފި އެވެ.

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ފިޒިއޮތެރަޕީގެ ދަރިވަރުންނާއި ދިވެހި ރެޑްކުރެސެންޓް ގުޅިގެން ކުރިއަށްގެންދާ މި ސެޝަންގައި ބައިވެރިވެވޭނީ އުމުރުން 55 އަހަރުން މަތީގެ ފަރާތްތަކަށެވެ. މި ސެޝަންގައި 30 މީހުންނަށް ބައިވެރިވުމަށް ހުޅުވާލާފައިވާއިރު ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 9906726 ފޯނަށް ނަމާއި އެޑްރެސް ފޮނުވުމަށް އެދެ އެވެ.

މާދަމާ މެންދުރު 13:00 ގައި ކެމްޕަހުގައި ބާއްވާ މި ސެޝަންގައި ދުވަސްވީ ފަރާތްތަކަށް އާންމުކޮށް ދިމާވާ ރިއްސުންތަކާއި ބެހޭ މައުލޫމާތާއި ތަދުން ދުރުވުމަށް ކުރެވޭނެ ކަސްރަތާ ބެހޭ މައުލޫމާތު ދެވިގެންދާނެ އެވެ.

އަދި މީގެ އިތުރުން ވެއްޓުމުގެ ފުރުސަތު ބޮޑެތި ފަރާތްތައް ދެނެގަނެވި އެކަމުން ރައްކާތެރިކުރުމަށް އެޅިދާނެ ފިޔަވަޅުތަކުގެ މައުލޫމާތު ދެވިގެންދާނެކަމަށް އިންތިޒާމުކުރާ ފަރާތްތަކުން މައުލޫމާތުދެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355