twitterviber whatsapp telegramfacebookyoutube instagram
30th September 2022

ހޯރަފުއްޓާއި ހަނިމާދޫގެ ގޭބިސީތަކަށް މިމަހު 23 ވަނަ ދުވަހު ސަޕްލައި ފެން ދޫކުރަން ފަށަނީ

އަބްދުލް ވާހިދު ޙަސަން
May 20, 2019
1

ހއ ހޯރަފުއްޓާއި ހދ ހަނިމާދޫގައި ގާއިމްކޮށްފައިވާ ސަޕްލައި ފެނުގެ ނިޒާމުގެ ތެރެއިން އަންނަ ބުރާސްފަތި ދުވަހު ފެން ދޫކުރަން ފަށާނެ ކަމަށް އެންވަރަޔަމެންޓް މިނިސްޓަރު ޑރ ހުސެއިން ރަޝީދު ހާމަކުރައްވައިފި އެވެ.

އެ ދެ ރަށުގައި ފެނުގެ ނިޒާމު ގާއިމުކޮށްފައިވީނަމަވެސް އަދި މިހާތަނަށް އެ ނިޒާމު ބޭނުންކުރަން ފަށާފައެއް ނުވެ އެވެ. އެކަން ނުވެ އެ ދެ ރަށުގައި އުފައްދާ ފެންނަކީ ރައްކާތެރި ފެން ތޯ ޔަގީންކުރުމަށް ތަހުލީލްކުރެވޭނެ ވަސީލަތްތައް ނެތުމުން ނެވެ.

އެންވަރަޔަމެންޓް މިނިސްޓަރު ޑރ ހުސެއިން ހާމަކުރައްވާފައިވާގޮތުގައި މިމަހުގެ 23 ވާ ބުރާސްފަތި ދުވަހުން ފެށިގެން، ހޯރަފުއްޓާއި ހަނިމާދޫފެ ގޭބިސީތަކަށާއި އެހެނިހެން އިދާރާތަކަށް ފެނަކަ އިން ރައްކާތެރި ސާފު ފެން ފުރަތަމަ ފަހަރަށް ސްޕްލައި ކުރަން ފަށާނެ ކަމަށެވެ.

ހޯރަފުއްޓާއި ހަނިމާދޫގެ ފެނުގެ ނިޒާމު ހިންގުން ހަވާލުކޮށްފައިވަނީ ފެނަކަ ކޯޕަރޭޝަނާ އެވެ. ދެ ރަށުގައިވެސް ދުވާލަކު 90 ޓަނުގެ ފެން އުފެއްދޭނެ ނިޒާމް ގާއިމުކޮށްފައި ވެއެވެ. އަދި ކޮންމެ ރަށެއްގައިވެސް 300 ޓަނުގެ ފެން ރައްކާކުރެވޭ ޓޭންކް ބަހައްޓާފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355