twitterviber whatsapp telegramfacebookyoutube instagram
25th September 2026

މާރުކޭޓްގެ ގޮޅިތައް ލިބުނު ފަރާތްތަކާ އާދިއްތަ ދުވަހު ހަވާލުކުރެވޭނެ: ކައުންސިލް

އިބްރާހިމް ހަމީދު
May 21, 2019
4

ކުޅުދުއްފުށީ ލޯކަލް މާރުކޭޓްގެ ގޮޅިތައް ގުރުއަތުން ލިބުނު ފަރާތްތަކަށް ކުރިއަށް އޮތް ހަފްތާގެ އާދިއްތަ ދުވަހު ހަވާލު ކުރެވޭނެކަމަށް ކައުންސިލްގެ ރައީސް ވިދާޅުވެއްޖެ އެވެ.

ކޭއޯއިން ދެއްނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ކުޅުދުއްފުށީ ކައުންސިލް ރައީސް އަބްދުއްލަތީފް ހަސަން ވިދާޅުވީ މިހާރު ކުރިއަށް ދަނީ ގޮޅިތަކުގެ އެގްރީމެންޓްތައް ތައްޔާރުކުރުމާއި އެތަނަށް މުވައްޒަފުން ނެގުމުގެ މަސައްކަތް ކަމަށެވެ.

"ކުރިއަށް އޮތް ހަފްތާގެ އާދީއްތަ ދުވަހު މާރުކޭޓްގެ ބައްތިރީސް ގޮޅި ގުރުއަތުން ލިބުނު ފަރާތްތަކާ ހަވާލުކުރާނަން" ރައީސް ވިދާޅުވި އެވެ.

އިތުރަށް ރައީސް އަބްދުއްލަތީފް ވިދާޅުވީ މާރުކެޓްގެ ގޮޅިތައް ލިބުނު ފަރާތްތަކާއި ހަވާލު ކުރުމާއިއެކު މިހާރު ދިވެހި އުފެއްދުން ތައް ވިއްކަމުންދާ ވަނި އިމާރާތުގެ ދެކުނު އޮންނަ ސަރަހައްދު ތަކެތި ވިއްކަމުންދާ ފަރާތްތަކަށް އެތަނުގައި އެމަސައްކަތް އެސަރަހައްދުގައި ކުރިއަށް ގެންދެވިދާނެތޯ ނުވަތަ ނޫންތޯ ކައުންސިލުގައި މިހާރު މަޝްވަރާ ކުރެވުންދާކަމަށާއި މާދަމާ އެކަމަށް ގޮތެއް ކަނޑައެޅިގެންދާނެކަމަށެވެ.

ދައުލަތުގެ މާލީއްޔަތުން ހަރަދު ކޮށްގެން ދިވެހި އުފެއްދުންތައް ވިއްކުމަށް ހާއްސަކުރެވިގެން ކުޅުދުއްފުށީގައި ގާއިމް ކޮށްފައިފައިވާ ލޯކަލް މާރުކޭޓު ހުޅުވާފައިވަނީ މިދިޔަ މާޗް މަހުގެ 19 ވަނަދުވަހު އަދި އެމާރުކޭޓްގައި ބައްތިރީސް ގޮޅި ހުރެ އެވެ. އޭގެ އިތުރުން އޮފީސް ބަޔަކާއި ފާހާނާވެސް ވަނީ ގާއިމުކުރެވިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293