twitterviber whatsapp telegramfacebookyoutube instagram
21st June 2026

މިހާތަނަށް ފިތުރު ޒަކާތުގެ ގޮތުގައި ކުޅުދުއްފުށިން 97،000 އަށް ވުރެ ގިނަ ރުފިޔާ ބަލައިގެންފި

އަބްދުލް ވާހިދު ޙަސަން
May 22, 2019

ކުޅުދުއްފުށީ ކައުންސިލުން މިހާތަނަށް 97،000 އަށްވުރެ ގިނަ ރުފިޔާ ފިތުރު ޒަކާތުގެ ގޮތުގައި ބަލައިގެންފި އެވެ. ކައުންސިލަށް ފިތުރު ޒަކާތް ބަލައިގަނެފައިވާ ހިސާބުތަކަށް ބަލާއިރު މިމަހު ވިހި ވަނަ ދުވަހާ ހަމައަށް 97،293ރ ވަނީ ބަލައިގެންފަ އެވެ.

މިމަހުގެ ވިހިވަނަ ދުވަހުގެ ނިޔަލަށް އެކައުންސިލަށް 97،293ރ ފިތުރުގެ ގޮތުގައި ބަލައިގެންފައިވާއިރު އެއީ ފިތުރު ދެއްކި މީހުންގެ އަދަދަށް ބަލާނަމަ 5753 މީހުންނެވެ.

ފިތުރު ޒަކާތް ބަލައިގަތުން ކުރިއަށްދާނީ ރަމްޟާންމަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:30 – 12:00 އަށެވެ. މީގެ އިތުރުން ރަމަޟާންމަހުގެ 26 ވާ ހުކުރު އަދި 27 ވާ ހޮނިހިރު، ދެ ދުވަހު ވެސް ޒަކާތްބަލައިގަތުން ކުރިއަށް ދާނެ އެވެ. ހުކުރު ދުވަހު ޒަކާތް ބަލައިގަންނާނީ މެންދުރުފަހު 14:00 ހަވީރު 16:00 ށެވެ. އަދި ހޮނިހިރު ދުވަހު ހެނދުނު 09:00 ން މެންދުރު 12:00 އަށެވެ.

ކުޅުދުއްފުށީގައި ޒަކާތް ބަލައިގަންނަމުން ދާނީ އާދައިގެ ހަނޑޫން ނަމަ މީހަކަށް 12 ރުފިޔާ، ތައިލެންޑް ހުދު ހަނޑޫނަމަ މީހަކަށް 48 ރުފިޔާ، ބާސްމަތީ ހަނޑޫނަމަ މީހަކަށް 60 ރުފިޔާ، އަދި ރަތް ހަނޑޫނަމަ މީހަކަށް 75 ރުފިޔާގެ ރޭޓުންނެވެ. އަދި އާޓް ފުށުންނަމަ މީހަކަށް ދައްކަންޖެހެނީ 48 ރުފިޔާ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355