twitterviber whatsapp telegramfacebookyoutube instagram
20th September 2020

ހަނިމާދޫއާ އިތުރު 3 ރަށެއްގެ މަގުގައި ތާރު އެޅުމަށް އެމްޓީސީސީއާ ހަވާލުކޮށްފި

- އެންމެ ބޮޑު ބަޖެޓެއް ހިމަނާފައިވަނީ ހަނިމާދޫއަށް
- ހަނިމާދޫ މަގުތައް ހެދުމަށް ބަޖެޓްގައި 46 މިލިއަން ރުފިޔާ

ޚަދީޖާ އާދަމް
May 22, 2019
1

ހދ ހަނިމާދޫ އާއި އިތުރު 3 ރަށެއްގެ މަގު ހަަދައި ތާރު އެޅުމަށް އެމްޓީސީސީއާއި ހަވާލުކޮށްފި އެވެ. އެގޮތުން ޕްލޭނިން މިނިސްޓްރީން މިއަދު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ހަނިމާދޫގެ އިތުރުން ރ އުނގޫފާރު، ރ ދުވާފަރު އަދު ލ ފޮނަދޫ އެވެ.

ހަނިމާދޫގައި މަގު ހަދައި ތާރު އެޅުމަށް 46 މިލިއަން ރުފިޔާގެ ބަޖެޓެއް ހިމަނާފައިވާއިރު 4 ރަށުގެ ތެރެއިން މި މަޝްރޫއަށް އެންމެ ބޮޑު ބަޖެޓެއް ހަމަޖައްސާފައިވަނީ ވެސް ހަނިމާދޫއަށްކަން ފާހަގަކޮށްލެވެ އެވެ.

މި މަޝްރޫއަށް ރ އުނގޫފާރަށް 19.3 މިލިއަން، ރ ދުވާގަރަށް 28.2 މިލިއަން އަދި ލ ފޮނަދޫއަށް ވަނީ 25.5 މިލިއަން ރުފިޔާގެ ބަޖެޓެއް ހަމަޖައްސާފަ އެވެ.

މި އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ ހަސަން ޝާހެވެ. ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ އެ މިނިސްޓްރީގެ ޑިރެކްޓާ އައިމިނަތު ޝާލާ ފާރޫގެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެމުން ޝާލާ ވިދާޅުވީ މީގެ ކުރިން މި މަޝްރޫއުތަށް ކުރީގެ ސަރުކާރުގައި ހަވާލުކޮށްފައިވަނީ މޯލްޑިވްސް ރޯޑް ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެމްއާރްޑީސީ)އާ އެވެ. ނަމަވެސް އަލުން އެ މަސައްކަތް އެމްޓީސީސީއާ އާ ޕްރެޖެކްޓެއް ގޮތުގައި ހަވާލުކުރީ އެކަން ކުރުމުގެ ގާބިލްކަން އެމްޓީސީސީގައި ހުރުމުން ކަމަށް ޝާލާ ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355