twitterviber whatsapp telegramfacebookyoutube instagram
25th April 2024

މަތި އުތުރުގައި ބޭއްވި ފެނަކަ އާއިލީ ޤުރުއާން މުބާރާތުގެ ރަންވަނަތައް ނޮޅިވަރަމަށް

- މުޅި މުބާރާތުގެ އެއްވަނަ، ދެވަނަ އަދި ތިންވަނަވެސް ކާމިޔާބުކުރީ ނޮޅިވަރަމުން

އަބްދުލް ވާހިދު ޙަސަން
May 22, 2019
1

މަތި އުތުރު ނުވަތަ ބޮޑުތިލަދުންމަތީގައި ހުރި ފެނަކަ ކޯޕަރޭޝަންގެ މުވައްޒަފުންގެ މެދުގައި ބޭއްވި "އާއިލީ ޤުރުއާން" ކިޔެވުމުގެ މުބާރާތުގެ ރަންވަނަތައް ހދ ނޮޅިވަރަމްގެ ބައިވެރިން ހޯދައިފި އެވެ.

މިމުބާރާތަކީ ހއ، ހދ އަދި ށ އަތޮޅުގައި ހިމެނޭ ފެނަކަ އޮފީސްތަކުގެ މުވައްޒަފުންގެ އާއިލާގެ ފަރާތްތަކަށް ހުޅުވާލައިގެން ބޭއްވި ޤުރުއާން މުބާރާތެކެވެ. މަތި އުތުރުގެ ރަށްތަކަށް ހުޅުވާލައިގެން ބޭއްވި ކުޅުދުއްފުށީގައި ބޭއްވި މިމުބާރާތުގައި 7 ރަށަކުން 30 ބައިވެރިން ކިޔަވާފައިވެ އެވެ.

މިމުބާރާތުގެ ގިނަ ކާމިޔާބީތަކެއް ހޯދީ ނޮޅިވަރަމްގެ ބައިވެރިންނެވެ. އެގޮތުން މުޅި މުބާރާތުގެ ފަޙުރުވެރި އެއްވަނަ ހޯދީ ނޮޅިވަރަމް، އަމަތުﷲ އަލީ އެވެ. ދެވަނަ ނޮޅިވަރަމް، ފާތިމަތު ނަބާތު ހޯދިއިރު ތިންވަނަވެސް ކާމިޔާބުކުރީ ނޮޅިވަރަމްގެ ބައިވެރިޔެކެވެ. އެއީ ނާއިމް އަލީ އެވެ.

ވަކިވަކި އުމްރުފުރާތަކަށް ބަލާއިރު 6 އަހަރުން ދަށުގެ ބައި އެއްވަނަ ހޯދީ ށ ބިއްލެފަހި، މިޝާ އަހުމަދު ފައިސަލެވެ. ދެވަނަ ށ ފޭދޫ، ކިޔާން ބިން އަބޫބަކުރު ހޯދިއިރު ތިންވަނަ ހޯދީ ށ ގޮއިދޫ، ޒާން އިބުރާހިމް ނިޝާމެވެ.

ނުވަ އަހަރުން ދަށުގެ ބައިން އެއްވަނަ ނޮޅިވަރަމް އައިޝަތު ޔާނާއަށް ލިބުނުއިރު ދެވަނަ ހޯދީ ނޮޅިވަރަމް، އިމްނާ އަބުދުލް ޢަޒީޒެވެ. މި ބައިން ތިންވަނަ ދެ ބައިވެރިން ހޯދާފައިވެ އެވެ. އެއީ ކުޅުދުއްފުށީ، އަލްސަން އަލީ އާއި ށ ފޭދޫ، އާއިޝަތު ނީމް އަހުމަދެވެ. 11 އަހަރުން ދަށުގެ ބަޔަށް ބަލާއިރު އެއްވަނަ ނޮޅިވަރަމް، ފާތިމަތު ނަބާތު ކާމިޔާބުކޮށްފައިވާއިރު ދެވަނަ ކާމިޔާބުކުރީ ހަމަ އެރަށު މުހައްމަދު ޝާޔަން ޔޫސުފެވެ. އަދި ތިންވަނަވެސް ހޯދީ ނޮޅިވަރަމް ބައިވެރިޔެއްކަމަށްވާ އަހުމަދު އަސީލް ހަސަން އެވެ.

11 އަހަރުން ދަށުގެ ބައިން ނުބަލައި ކިޔެވި ބައިން ދެ ވަނަވެސް ހޯދީ ނޮޅިވަރަމް ބައިވެރިޔެކެވެ. އެއީ އާޔަތުﷲ އަލީ އެވެ.

13 އަހަރުން ދަށުގެ ބައިން އެއްވަނަ ހޯދީ ށ ބިލެތްފަހި، އައިމިނަތު ސުރާ އަބުދުﷲ ހަމީދެވެ. ދެވަނަ ކާމިޔާބުކުރީ ނޮޅިވަރަމް، ޢަލްޔާން އަލީ ރަޝީދެވެ. މި ގޮފިން ތިންވަނަވެސް ހޯދީ ނޮޅިވަރަމް ބައިވެރިޔެއްކަމަށްވާ ޝައިހާން އަލީ އެވެ. 13 އަހަރުން ދަށުގެ ގޮފިން ނުބަލައި ކިޔެވި ބައިން އެއްވަނަ ހޯދީ ށ ފޭދޫ، މުހައްމަދު ރަޒާން އެވެ. 16 އަހަރުގެ ބައިން އެއްވަނަ ނޮޅިވަރަމް، އަމަތުﷲ އަލީ ހޯދިއިރު، ދެވަނަ ހޯދީ ނޮޅިވަރަމް، ނާއިމް އަލީ އެވެ.

މި ގޮފިން ތިންވަނަ ދެ ދަރިވަރަކު ހޯދާފައިވެ އެވެ. އެއީ ހއ ތުރާކުނު، މަރްޔަމް މަނާލް މަމްދޫހް އާއި ށ ފޭދޫ، އާޔާ މުހައްމަދު ޝަރީފެވެ.

މި މުބާރާތުގެ ނަތީޖާފާޅުކުރުމަށް މިއަދު މެންދުރުފަހު ހދ އަތޮޅު ތައުލީމީ މަރުކަޒުގެ ހޯލުގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ، ޝަރަފްވެރި މަގާމުތަކަށް ޓްރޮފީ އާއި ފައިސާގެ އިނާމު ހަވާލުކޮށްދެއްވީ އަފީފުއްދީން ސްކޫލްގެ ޕްރިންސިޕަލް ނާސިހާ އިދުރީސް އެވެ.

ރޯދަމަހާ ދިމާކޮށް ފެނަކަ ކޯޕަރޭޝަންގެ މުވައްޒަފުންގެ ރިކްރިއޭޝަން ކްލަބުން ކުރިއަށްގެންދާ މި މުބާރާތަކީ އެ ކުންފުނީގެ މުވައްޒަފުންގެ މެދުގައި ގުޅުން ބަދަހިކޮށް ކުޑަކުދިންގެ ހިތްތަކުގައި ދީނީ ލޯބި އިތުރުކޮށް ޤުރުއާނަށް ލޯބި ޖެއްސުމުގެ މަޤްސަދުގައި ކުރިއަށްގެންދިޔަ މުބާރާތެކެވެ.

މި މުބާރާތް ރާއްޖޭގެ 6 ސަރަހައްދެއްގައި މިއަހަރު ވަނީ ކުރިއަށްގެންދިޔުމަށް ނިންމާފަ އެވެ.

ހުޅުވިތާ 6 މަސް، އަދިވެސް ހިދުމަތެއް ނުލިބޭ!
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355