twitterviber whatsapp telegramfacebookyoutube instagram
18th April 2024

ޑޮކްޓަރުންނާއި ނަރުހުން ތަމްރީންކުރުމަށް ކިއުބާއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

އިބްރާހިމް ހަމީދު
May 23, 2019

ޑޮކްޓަރުންނާއި ނަރުހުން ތަމްރީން ކުރުމަށް ކިއުބާގެ ޕަބްލިކުހެލްތާއި ރާއްޖޭގެ ހެލްތް މިނިސްޓްރީއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މިއެއްބަސްވުމުގައިވާގޮތުން ދެ ސަރުކާރުން ގުޅިގެން ޑޮކްޓަރުން ރެކްރޫޓްކުރުމާއި އިންސާނީ ވަސީލަތްތައް ތަރައްގީކުރުމާއި ބޭހާއި ކާބޯތަކެތި މައިކްރޯބަޔޮލިޖަކަލް ޓެސްޓްތަކައި ކެމިކަލް އަދި އެންވަޔަރަންމަންޓަލް ލެބޯޓަރީގެ ޓެސްޓްތަކުގެ ހިދުމަތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް އެއްބަސް ވެފައިވާކަމަށެވެ.

މިއެއްބަސްވުމުގައި ދެ ސަރުކާރުން ސޮއިކޮށްފައިވަނީ ސްވިޒަލޭންޑްގެ ޖެނީވާގައި މިހާރު ކުރިއަށްދާ " ވާރލްޑް ހެލްތު އެސެމްބުލީ" ގެ 72 ވަނަ ބައްދަލުވުމުގެ ހަވާސާގެ ތެރެއިން ރާއްޖޭ ހެލްތު މިނިސްޓަރ އަބްދުﷲ އަމީނާއި ކިއުބާގެ ޕަބްލިކު ހެލްތު މިނިސްޓަރ ޑރ. ހޯޒޭ އެންޖަލް ޕޯޓަލް މިރަންޑާއާއެކު ބޭއްވި ބައްދަލުވުމެއްގަ އެވެ.

އެބައްދަލުވުމުގައި ރާއްޖޭގެ ހެލްތުމިނިސްޓަރ އަމީން އަބްދުﷲ ވަނީ ކިއުބާ ސަރުކާރުން ދިވެހިރާއްޖެއަށް ދެމުންދާ އެހީތެރިކަން ފާހަގަ ކުރައްވާ ކިއުބާ ސަރުކާރަށް ސުކުރު އަދާކުރައްވާފަ އެވެ.

މިނިސްޓަރ ވަނީ އެބައްދަލުވުމުގައި ދިވެހިރާއްޖޭގެ ސިއްހީ ދާއިރާ ހަރުދަނާކޮށް ދިނުމަށް ޓްރެއިނިންގ ފުރުސަތު ހޯއްދައިވައިދެއްވުމަށާއި ޑޮކްޓަރުންނާއި ނަރުހުން ސްޕެޝަލައިޒޭޝަންވުމަށް އިތުރު ތަމްރީން ހޯދުމަށް ކިއުބާގެ ޕަބްލިކު ހެލްތު މިނިސްޓަރާ މަސްވަރާ ކުރައްވާ އެކަމަށް ގޮތްތަކެއް ހޯއްދަވައިދެއްވުމަށް އެދިވަޑައިގަންނަވާފަ އެވެ.

މިބައްދަލުވުމުގައި މިނިސްޓަރ އަމީން އަބްދުﷲ ގެ އިތުރުން ޖެނީވާގައި ދިވެހިރާއްޖޭގެ މިޝަންގެ ޕަރމަނަންޓް ރެޕްރެޒެންޓެޓިވް ޑރ. ހާލާ ހަމީދު އިތުރުން މިނިސްޓްރީގެ ބޭފުޅުންނާއި ޖެނިވާމިޝަންގެ އިސް މުވައްޒަފުންވަނީ ބައިވެރިވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355