twitterviber whatsapp telegramfacebookyoutube instagram
25th May 2026

އިހަވަންދޫގައި އެމަޖެންސީ މެޑިކަލް ހިދުމަތް ގާއިމުކުރުމަށް އިންޑިޔާ ސަރުކާރުން 7.5 މިލިއަން ރުފިޔާ ދީފި

އަބްދުލް ވާހިދު ޙަސަން
May 29, 2019

ހއ އިހަވަންދޫގައި އެމަޖެންސީ މެޑިކަލް ހިދުމަތްތައް ގާއިމުކުރުމަށް އިންޑިޔާ ސަރުކާރުން ހިލޭ އެހީ ދީފީ އެވެ. އެގޮތުން އެރަށުގައި އިމަންޖެންސީ މެޑިކަލް ހިދުމަތް އިންތިޒާމް ހަމަޖެއްސުމަށް އިންޑިޔާ ސަރުކާރުން ވަނީ 7.5 މިލިއަން ރުފިޔާގެ ހިލޭ އެހީ ދިވެހި ސަރުކާރަށް ދީފަ އެވެ.

ފޮރިން މިނިސްޓްރީ ބުނީ ޕްރޮޖެކްޓްގެ ދަށުން އިހަވަންދޫގެ ހެލްތު ސެންޓަރުގައި އިމަޖެންސީ މެޑިކަލް ހިދުމަތް ދިނުމަށް ބޭނުންވާ ތަން ތައްޔާރުކޮށް، އެތަނަށް ބޭނުންވާ ތަކެތި ހޯދާނެ ކަމަށެވެ.

އަދި މިފަދަ އިމަޖެންސީ ފަރުވާ ދެވޭނެގޮތެއް ރާއްޖޭގެ އެކި ކަންކޮޅުގައި ގާއިމުކުރުމުގެ މަގުސަދަކީ ކުއްލި ހާލަތުގައި ނުވަތަ ފުރާނައަށް ގެއްލުންވާ ހާލަތްތަކުގައާއި ބަލިތަކުގައި އަވަސް ފަރުވާ ބޭނުންވާ ހާލަތްތަކުގައި އެފަދަ ފަރުވާ ލިބޭނެ މަގުފަހިކޮށް ދިނުމެވެ.

ފޮރިން މިނިސްޓްރީން ބުނީ މި އެހީއަކީ އިޖްތިމާއީ އަދި އިގްތިސޯދީ ތަރައްގީއަށް ބޭނުންވާ ޕްރޮޖެކްޓްތައް ހިންގުމަށް އިންޑިޔާ ސަރުކާރުން ރާއްޖެއަށް ދީފައިވާ 6930،006.93 އެމެރިކާ ޑޮލަރުގެ ތެރެއިން 7469،465.89ރ ގެ ހިލޭ އެހީ ކަމަށެވެ.

6,930,006.93 އެމެރިކާ ޑޮލަރުގެ ހިލޭ އެހީ ރާއްޖެއަށް ދިނުމަށް އެއްބަސްވީ މި އަހަރުގެ މާރިޗް މަހު 17 އިން 18 އަށް އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓާރނަލް އެފެއާޒް ހަރ އެކްސަލަންސީ ސުޝްމާ ސްވަރާޖް ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355