twitterviber whatsapp telegramfacebookyoutube instagram
25th April 2024

އުރީދޫ ކަލަރ ރަން އަންނަ މަހު 28 ގައި

ޚަދީޖާ އާދަމް
May 30, 2019

އައްޑޫ ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ އުރީދޫ ކަލަރ ރަންގައި ވީހާވެސް ގިނަ ދުވުންތެރިން ބައިވެރިވުމުގެ ފުރުސަތު ދިނުމުގެ ގޮތުން ދުވުން ޖޫން 28 ކަމަށްވާ ހުކުރު ދުވަހަށް ބަދަލުކޮށްފި އެވެ.

މި ބަދަލު ގެނެސްފައި ވަނީ ގުޅުން ހުރި ގިނަ ޕާޓްނަރުންނާއި ދުވުންތެރިންގެ އެދިލެއްވުމާއި އެކުކަމަށާއި އަދި މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ބައިވެރިވުމާއި އެކުކަމަށް އުރީދޫއިން މައުލޫމާތު ދެއެވެ.

މިދިޔަ މަހު އުރީދޫ ކަލަރ ރަން އައްޑޫ އިއުލާންކޮށްފައިވަނީ ރާއްޖޭގެ ތަފާތު ހިސާބުތަކުގައިވާ ރައްޔިތުންނަށް އުރީދޫ ކަލަރ ރަންގެ އުފާ ތަޖުރިބާކޮށްލުމުގެ ފުރުސަތު މަގުފަހިކޮށްދިނުމަށެވެ. ދުޅަހެޔޮ ދިރިއުޅުމަކަށް ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނުވަދޭނެ ހަރަކާތެއްކަން އަންގައިދިނުމުގެ އަމާޒާއި އެކު ކުރިއަށްގެންދާ އުރީދޫ ކަލަރ ރަންގެ މަޤްބޫލުކަން އަހަރުން އަހަރަށް އިތުރުވެ ރިކޯޑު އަދަދެއްގެ ދުވުންތެރިން ވަނީ ބައިވެރިވެފައެވެ.

6 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް ވެސް މި ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. ތަފާތު ހަރަކާތްތަކެއް ހިމެނޭ 5 ކިލޯމީޓަރުގެ މި ކުރު ދުވުމަކީ އަލަށް ދުވާ ފަރާތްތަކާއި އާއްމުކޮށް ދުވާ ފަރާތްތަކަށްވެސް ބައިވެރިވުމަށް މަޖާވާނެ އިވެންޓެއް ކަމަށް އުރީދޫން މައުލޫމާތު ދެއެވެ.

އުރީދޫ ކަލަރ ރަންގައި ކޮންމެ ކިލޯމީޓަރއެއް ދުވެ ނިމުމުން ބެހެއްޓިފައިވާ ކުލަ ސްޓޭޝަންތަކުން ކުލަގަދަ ގޮތެއްގައި އެކަން ފާހަގަ ކުރާނެއެވެ. މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ ހިނގާފަ، ޖޮގްކޮށްފަ، ދުވެފަ ނޫނީ ނަށަމުންވެސް މި ދުވުން ނިންމިދާނެއެވެ. މި ހަރަކާތް އިތުރަށް ފޯރިގަދަ ކުރުމަށްޓަކައި ބައިވެރިންގެ ތެރެއިން އެންމެ ފޯރިގަދަ ދުވުންތެރިޔާ އަދި އެންމެ ސަޅި ކޮސްޓިއުމް ހޮވާލެވި ވަރަށް ހާއްސަ އިނާމުތަކެއް ދެވޭނެއެވެ.

ފާއިތުވި އަހަރު ހުޅުމާލޭގައި ބޭއްވުނު ކަލަރ ރަން އާއި އެއްފަދައިން، އައްޑޫގައި ވެސް ކަލަރ ރަންގެ ފޯރި މުޅި ދުވަހަށް ކުރިއަށްގެންދާނެއެވެ. މިގޮތުން، ހަވީރު ބޭއްވޭ ރަންގެ ކުރިއަށް ހެންދުނު ގަޑީގައި ކައިޓް ފެސްޓިވަލެއްވެސް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.

މި ދުވުމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން އުރީދޫ މޯލޑިވްސްގެ ވެބްސައިޓް މެދުވެރިކޮށް ފަސޭހަކަމާއި އެކު ރެޖިސްޓަރ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވައިލެވޭނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355