twitterviber whatsapp telegramfacebookyoutube instagram
11th July 2020

އުތުރަށް މޫސުމް ގޯސްވާނެކަމަށް ލަފާކޮށް ޔެލޯ އެލާޓް ނެރެފި

- ޔެލޯ އެލާޓް ނެރެފައިވަނީ ހއ - ބ އަތޮޅަށް

އަބްދުލް ވާހިދު ޙަސަން
Jun 5, 2019

އުތުރުގެ ރަށްތަކަށް އިތުރަށް މޫސުމް ގޯސްވާނެކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ޔެލޯ އެލާޓް ނެރެފި އެވެ. އެލާޓް ނެރެ ސަމާލުވުމަށް އަންގާފައިވަނީ ހއ ފެށިގެން ބ އަތޮޅުގެ ރަށްތަކަށެވެ.

ކުރިއަށް އޮތް 24 ގަޑިއިރަށް މޫސުމް ލަފާކޮށް މެޓް އޮފީހުން ނެރެނު ޔެލޯ އެލާޓް ނެރެފައިވަނީ މިއަދު 11:30 އިން 15:30 އަށެވެ. މި ސަރަހައްދަށް ގަދަ ވަޔާއި އެކީ ބޯކޮށް ވާރެ ވެހޭނެކަމަށާއި އަދި ވިލާގަނޑުގައި ގަޑިއަކުން 45 މޭލަށް ވައިގަދަވާނެކަމަށްވެސް ލަފާކޮށްފައިވެ އެވެ.

މިހާރު ކުރަމުންދާ ވިއްސާރާގައި ބޯކޮށް ވާރޭވެހި ކުޅުދުއްފުއްޓާއި ނޮޅިވަރަމުގެ ގެޔަކަށް ފެންވަދެ ވަނީ ބޮޑެތި ގެއްލުންތައް ލިބިފަ އެވެ. ކުޅުދުއްފުށީގެ ބައެއް ސަރަހައްދުތަކުން ފެން ހިންދުމުގެ މަސައްކަތް އިއްޔެއިން ފެށިގެން ކުރަމުންދާއިރު ބޮޑަށް ގެއްލުން ލިބުނު 4 އާއިލާއަކަށް ވަނީ ވަގުތީ ހިޔާ ހަމަޖައްސައިދީފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355