twitterviber whatsapp telegramfacebookyoutube instagram
8th November 2026

24 ގަޑިއިރުތެރޭގައި ކުޅުދުއްފުއްޓަށް 123.7 މިލި ލީޓަރުގެ ވާރޭވެހުނު

އަބްދުލް ވާހިދު ޙަސަން
Jun 5, 2019

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި މިދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހިފައިވަނީ ކުޅުދުއްފުއްޓަށްކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ހާމަކޮށްފި އެވެ.

އިއްޔެ ހެނދުނު 8 ފެށިގެން މިއަދުގެ ހެނދުނު 8 އާހަމައަށް ކުޅުދުއްފުއްޓަށް 123.7 މިލިލީޓަރުގެ ވާރޭވެހިފައިވާކަމަށް މެޓް އޮފީހުގެ އޮފިޝަލަކު ކޭއޯއަށް ވިދާޅުވި އެވެ.

ކުޅުދުއްފުއްޓަށް އިއްޔެ ކުރި ވިއްސާރާގައި ރަށުގެ ބޮޑު ސަރަހައްދެއްގައި ފެންބޮޑުވެ ގިނަ ގެތަކަށްވަނީ ފެންވަދެ ގެއްލުންތަކެއް ލިބިފަ އެވެ. އަދި ދިރިނޫޅެވޭވަރަށް 6 ގެޔަކަށް ބޮޑެތި ގެއްލުންތައް ލިބުނުއިރު ހަތަރު ގެޔެއްގެ އާއިލާތައް ވަނީ ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީގެ އެހީގައި ވަގުތީ ހިޔާއަށް ބަދަލުކޮށްފަ އެވެ.

އިއްޔެ ކުރިން ވިއްސާރާގައި ދެން އެންމެ ބޮޑަށް ވާރޭވެހިފައިވަނީ ނ މާފަރަށްށެވެ. އެރަށަށް 106 މިލިލިޓަރުގެ ވާރޭވެހިފައިވާއިރު ށ ކަނޑިތީމަށް 90 މިލިލިޓަރުގެ ވާރޭވެހިފައިވެ އެވެ.

ރާއްޖޭއަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރާގައި އެކި ރަށްތަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ހާދިސާތައް ހިނގަމުންނެވެ. އެގޮތުން އިއްޔެވެސް މާފަރާއި ކުޅުދުއްފުށީގެ އިތުރުން ނޮޅިވަރަމް އަދި މިއަދު ހއ ގެ ބައެއް ރަށްތަކަށް ފެންބޮޑުވުމުގެ ހާދިސާތައް ދަނީ ހިނގަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293