twitterviber whatsapp telegramfacebookyoutube instagram
20th April 2024

ޕާޓްނާޝިޕް ފޯރަމް ބާއްވަން ތައްޔާރުވާން ފަށައިފި

Jun 13, 2019
1

މޯލްޑިވްސް ޕާޓްނާޝިޕް ފޯރަމް މި މަހުގެ 17 އަދި 18 ގައި ބާއްވަން ރާއްޖެއިން ތައްޔާރުވާން ފަށައިފި އެވެ.

ރާއްޖެއަކީ ބައިނަލްއަގްވާމީ މުޖްމަތަމައަށް ހުޅުވާލެވިފައިވާ ގައުމެއްގެ ގޮތުގައި ބޭއްވުމަށް ދިވެހި ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން އެކި ގައުމުތަކާއި ބައިނަލްއަގްވާމީ މުޖްތަމައާއިއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، ރާއްޖެއަށް ދިމާވެފައިވާ އެކި ގޮންޖެހުންތަކުން އަރައިގަތުމަށާއި އިގްތިސޯދީ އަދި އިޖްމާއީ އެކި ދާއިރާތަކުން ބައިނަލްއަގްވާމީ ބައިވެރިންގެ އެހީތެރިކަން ފޯރަމް ތެރެއިން ހޯދުމަށް ސަރުކާރުން މަސައްކަތް ކުރާނެ އިރު ސަރުކާރުގެ ވައުދުތައް ފުއްދުމަށް ބައިނަލްއަގްވާމީ ބައިވެރިންނާއި ގުޅިގެން މަސައްކަތްކުރުމަށް މޯލްޑިވްސް ޕާޓްނާޝިޕް ފޯރަމްގައި މަސައްކަތް ކުރާނެ އެވެ.

އެގޮތުން މި ފޯރަމްގައި ގިނަ ގައުމުތަކުންނާއި ބައިނަލް އަގްވާމީ ބޮޑެތި ޖަމިއްޔާތަކުން ބައިވެރިވާނެ އެވެ. އަދި ސަރުކާރުން ކުރިއަށް ގެންދާ ތަރައްގީގެ އެޖެންޑާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފޯރަމްގެ ތެރެއިން އެއްބަސްވުންތަކުގައި ސޮއިކުރާނެ އެވެ.

ޕާޓްނާޝިޕް ފޯރަމްގައި ބައިނަލްއަގްވާމީ މުޖްތަމައުގެ އެހީތެރިކަން ސަރުކާރުން ބޭނުންވާ މައިގަނޑު ފަސް ދާއިރާއަކުން ޕެނަލް ޑިސްކަޝަންތައް ބާއްވައި، މައުލޫމާތު ދެ ގޮތަށް ވަނީ ހަމަޖައްސާފަ އެވެ. އެގޮތުން މާލީ އަދި އިގްތިސޯދީ ދާއިރާ، ނޫ އިގްތިސޯދު، އިޖްތިމާއީ ދާއިރާ، އިދާރާތައް ހަރުދަނާކުރުން، ޕްރައިވެޓް ސެކްޓާއާއި ގުޅިގެން ތަރައްގީކުރުމާއި ބެހޭގިތުން ޕެނަލް ޑިސްކަޝަން ބާއްވާނެއެވެ.

މޯލްޑިވްސް ޕާޓްނާޝިޕް ފޯރަމަކީ ރާއްޖޭގައި ބާއްވާނެ އެންމެ ބޮޑު މަލްޓިލޭޓަރަލް ބައްދަލުވުމެވެ. މި ފޯރަމް ކޯ ހޮސްޓް ކުރައްވަނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އާއި ފިނޭސް މިނިސްޓަރު އިބްރާހީމް އަމީރެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355