twitterviber whatsapp telegramfacebookyoutube instagram
1st August 2026

އިމްތިޔާޒު އަދި ސުލޫކް ކޮމިޓީގެ މުގައްރިރުކަން ޔާސިރަށް

އަބްދުލް ވާހިދު ޙަސަން
Jun 13, 2019
3

ރައްޔިތުން މަޖިލީހުގެ އިމްތިޔާޒު އަދި ސުލޫކް ކޮމިޓީގެ މުގައްރިރުކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބުދުލް ލަތީފް އައްޔަނުކޮށްފި އެވެ.

13 މެމްބަރު ތިއްބަވާ މި ކޮމިޓީގެ ނައިބު މުގައްރިރުކަމަށް އައްޔަނުކުރީ ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިޝާމެވެ. މި ކޮމެޓީގައި ތިއްބަވާ އިތުރު މެމްބަރުންނަކީ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އާއި މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ، މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާ، ކޮމަންޑޫ ދާއިރާގެ މެމްބަރު ހުސެއިން ވަހީދު، މަނަދޫ ދާއިރާގެ މެމްބަރު އަހުމަދު ހާރޫން، މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފެވެ.

އަދި މީގެ އިތުރުން ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމު، މީދޫ ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މުހައްމަދު، ގުރައިދޫ ދާއިރާގެ މެމްބަރު މުހައްމަދު ގައްސާނު މައުމޫނު، ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބުދުﷲ ސަނީފް އަދި ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު ރަޝީދެވެ.

ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބުދުލް ލަތީފް އިންނަވާ އިތުރު ކޮމެޓީތަކަށް ބަލާލާއިރު އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީ އާއި މާލިއްޔަތު ކޮމެޓީ ހިމެނެ އެވެ.

ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު ޖަމްޝީދު މުހައްމަދު އިއްނަވަނީ ގައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީ ގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355