twitterviber whatsapp telegramfacebookyoutube instagram
22nd May 2024

މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކުރުމުގައި ⁦އެމްޑީޕީ‬⁩ން ބޮޑެތި ކުރިއެރުންތަކެއް ހޯދި: ޔާސިރު

އަބްދުލް ވާހިދު ޙަސަން
May 1, 2024

‏ދިވެހިރާއްޖެ މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކުރުމުގައި ⁦އެމްޑީޕީ‬⁩ އިން ވާނީ ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާކަމުގައި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބުދުލްލަތީފް ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރާ ‏ބައިނަލްއަގްވާމީ މަސައްކަތްތެރިންގެ ދުވަހުގެ މުނާސާބަތާ ގުޅުވައިގެން ޔާސިރު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖެ މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކުރުމުގައި ⁦އެމްޑީޕީ‬⁩ އިން ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށެވެ.

އެގޮތުން ފާއިތުވި ފަސް އަަހަރު އެކަނިވެސް ދިވެހި މަސައްކަތްތެރިންނަށް ލިބެންޖެހޭ އެންމެ ކުޑަ އުޖޫރަ ގާނޫނުން ކަނޑައެޅުމުގެ އިތުރުން މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމުގެ ގާނޫނާ އަދި އިންޑަސްޓްރިއަލް ރިލޭޝަންސް އާއި ގުުޅޭ ގާނޫނު ތައާރަފް ކުރެވިފައިވާކަމަށް ޔާސިރު ފާހަގަކުރެއްވި އެވެ.

‏އޭނާ ވިދާޅުވީ ފާއިތުވިތަނުގައި އެމްޑީޕީގެ އާންމު މެމްބަރުން މިމަސައްކަތުގައިވެފައިވާ ގުރުބާނީ ހަނދާންކޮށް އެފަރާތްތަކަށް ޝުކުރުއަދާކުރައްވާފަ އެވެ.

‏އުންމީދަކީ ހެދިފައިވާ ގާނޫނުތައް ތަންފީޒުކުރެވި، ދިވެހި މަސައްކަތްތެރިންނަކީ ބިރުދެއްކުމާއި ނާޖާއިޒް ނުފޫޒުން އެއްކިބާ ވެފައިވާ ބައެއް ކަމުގައިވެ، މަސައްކަތްތެރިންގެ ހައްގުތައް ދިވެހިރާއްޖޭގައި ކަށަވަރުވެގެން ދިއުންކަމުގައި ޔާސިރު ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355