twitterviber whatsapp telegramfacebookyoutube instagram
19th April 2024

މިއަހަރު ނިމުމުގެ ކުރިން ލޭ ހަދިޔާކުރާ މީހުންގެ ޑޭޓާ ބޭހެއް ގާއިމުކުރާނަން: ހެލްތް މިނިސްޓަރު

އިބްރާހިމް ހަމީދު
Jun 15, 2019

ރާއްޖޭގައި ލޭ ހަދިޔާ ކުރާ މީހުންގެ ޑޭޓާބޭހެއް ހެދިފައިއޮތުމަކީ ވަރަށް މުހިއްމުކަމެއް ކަމަށް ހެލްތުމިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އަމީން މިހެން ވިދާޅުވީ ދުނިޔޭގެ ލޭ ހަދިޔާކުރުމުގެ މިއަހަރުގެ ދުވަހާ ގުޅިގެން މޯލްޑިވްސް ބްލަޑް ސާވިސަސް އާއި އެލިއާ އިންވެސްޓްމެންޓް ގުޅިގެން އާޓް ގެލެރީގައި ކުރިއަށްގެންދާ ހަރަކާތް ތައް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ހެލްތު މިނިސްޓަރު އަމީން އަބްދުﷲ ވިދާޅުވީ ރާއްޖޭގައި ލޭ ހަދިޔާ ކުރާމީހުންނާ ގުޅޭ ޑޭޓާބޭހެއް ގާއިމުކުރަންޖެހޭކަމަށާއި އެޑޭޓާބޭސް ރާއްޖޭގައި ގާއިމުކުރެވުމުން ލޭހަދިޔާ ކުރާފަރާތް ތަކުގެ މަޢުލޫމާތު ބަލައިލެވޭނެކަމަށެވެ.

ރާއްޖޭގެ ކޮންމެ ސަރަހައްދަކުން މީހަކު ލޭ ހަދިޔާކުރެއްވި ކަމުގައި ވިއަސް އެމީހަކު ލޭ ހަދިޔާ ކުރެވިފައިވާ ގޮތުގެ ތަފްސީލް ބަލައިލެވޭނެކަމަށާއި އެގޮތުން ލޭހަދިޔާ ކުރުމުގެ ޑޭޓާބޭހެއް ރާއްޖޭގައި އުފެދިފައިއޮތުމަކީ ވަރަށް މުހިއްމުކަމެއްކަމަށް މިނިސްޓަރު އަމީން ވިދާޅުވި އެވެ.

ލޭ ހަދިޔާ ކުރާމީހުންނާގުޅޭ ޑޭޓާބޭހެއް ގާއިމުކުރަންޖެހޭ. އަޅުގަނޑުމެން މިއަހަރު ނިމުމުގެ ކުރިން ޑޭޓާބޭހެއް ވުޖޫދު ކުރުމުގެ މަސައްކަތް ކުރާނަން." ހެލްތު މިނިސްޓަރު އަމީން ވިދާޅުވި އެވެ.

މިއަހަރުގެ ލޭ ހަދިޔާ ކުރާ ދުވަހުގެ ޝިއާރަކީ " ރައްކާތެރި ލޭ އެންމެންނަށް " ގެ ނަމުގައި މިއަދު ކުރިއަށް ގެންދާ މިހަރާކާތުގައި ހެލްތު މިނިސްޓަރު އަމީން އަބްދުﷲ ވަނީ އަމަލީގޮތުން ބައިވެރިވެ ލޭ ހަދިޔާ ކުރައްވާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355