ބައެއް ދިވެހިންގެ އަމަލުތަކުގެ ސަބަބުން ފަރުތަކާއި ދިރުންތަކަށް ގެއްލުން ލިބެމުންދާ ކަމަށާއި އެއީ އިންތިހާ ކަންބޮޑުވާން ޖެހޭކަމެއްކަމަށް އެންވަޔަމަންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ވިދާޅުވެއްޖެ އެވެ.
ޑރ ހުސެއިން މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ކަނޑުތަކުގެ ދުވަހުގެ މުނާސަބަތުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ފަރުތައް ހިމާޔަތް ކުރަން ބޭރުގެ ގައުމަކުން ނާންނާނެ ކަމަށާއި އެކަމަށް މަސައްކަތް ކުރަންޖެހޭނީ ދިވެހިން އަމިއްލައަށް ކަމަށެވެ. އަދި ދިވެހިންގެ ބައެއް އަމަލުތަކުގެ ސަބަބުން ފަރުތަކާއި ދިރުންތަކަށް ގެއްލުން ލިބެމުންދާ ކަމަށާއި އެގޮތުން ގޮނޑު ދޮށަށް ކުނި އެޅުން ފަދަ ކަންކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
ފަރު މައްޗަށް ކުނި އެޅުމުން ފަރުގައި ހުންނަ މުރަކަތައް ހަލާކުވެ މަރުވެގެންދާ ކަމަށާއި މުރަކަތައް މަރުވުމުން އެކި މޫސުމުގައި ކޮޅިގަނޑާއެކު އަންނަ ރާޅުތަކުން ރަށްތައް ހިމާޔަތްކުރާނެ އެއްވެސް ދިފާއުއެއް ނޯނަ ކަމަށެވެ.އެހެންވެ ރަށްތައް ގިރައި ހަލާކުވެގެންދާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
"ޖަޒީރާ ގައުމެއްގެ ގޮތުން އަޅުގަނޑުމެންނަށް ކުރެވޭނެ ކަމެއް ނޫން ކޮންމެ ރަށެއްގެ ވަށައި ބޮޑު ހިލަ ޖެހުން." ޑރ.ހުސައިން ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އުކާލެވޭ ކުނީގެ ބޮޑު ޕަސެންޓަކީ ކެއިން ބުއިމަށް ބޭނުންކުރުމަށްފަހު އުކާލާ ތަކެތި ކަމަށާއި އެފަދަ ކުނިތައް މަދުކުރިޔަސް އެއީ ތިމާވެށީގެ އިތުރުން ސަލާމަތްކުރެވޭ ހަރަދުތަކެއް ކަމަށެވެ. މިނިސްޓަރުގެ ވާހަކަފުޅުގައި ވަނީ ކަނޑަށް އުކާލައި ކުނީގެ ސަބަބުން ތިމާވެއްޓަށް ލިބޭ ގެއްލުމާއި ސިއްހީ ނުރައްކަލުގެ މައްޗަށްވެސް އަލިއަޅުވާ ވާހަކަދައްކަވާފަ އެވެ.
އެގޮތުން މިނިސްޓަރު ވިދާޅުވީ ކަނޑަށް ކުނި އުކުމުން މަސްތައް ކުނިތައް ކާ ކަމަށާއި އެމަސްތައް ހިފައި އެ ބޭނުންކުރަނީވެސް ހަމަ އިންސާނުން ކަމަށްވާއިރު ކުނި ކާ މަސްތައް އިންސާނުން ކެއުމުގެ ސަބަބުން ބަލި މިޖެހެނި ހަމަ އިންސާނުން ކަމަށް ފާހަގަކުރެއްވި އެވެ. އޭނާ ވިދާޅުވީ އެކަމުގެ ސަބަބުން ބޭސްކުރަން ޖެހެނީ ރައްޔިތުންގެ ފައިސާއިން ކަމަށާއި ކުނި އުކައިފިއްޔާ ކުނީގައި ރަހަލާނެ ކަމަށެވެ.
މޫދަށް އުކާލައި ކުނިތައް މަސްމަހާމެހި ކައި ހެދުމުން އެ ކުނިތައް އަނބުރާ މި އަންނަނީ ހަމަ އިންސާނުގެ ގޮހޮރުތަކަށް