twitterviber whatsapp telegramfacebookyoutube instagram
20th April 2026

ހުރިހާކަމެއް ފުރިހަމަވާނެހެން 5 ހޮސްޕިޓަލެއް ތަރައްގީކުރަން ފަށައިފިން، ދެ މަސްތެރޭގައި ނަތީޖާ ފެންނާނެ: ހެލްތު މިނިސްޓަރު

އަބްދުލް ވާހިދު ޙަސަން
Jun 16, 2019

ފަސް ހޮސްޕިޓަލެއް ތަރައްގީކޮށް ދެ މަހެއްހާ ދުވަހުގެ ތެރޭގައި ނަތީޖާ ފެންނަށް ވަރަށް އަމާޒުކޮށް ހެލްތު މިނިސްޓްރީން މަސައްކަތް ފަށައިފި އެވެ.

ރައީސް އިބުރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ރާއްޖޭގެ ދިހަ ހޮސްޕިޓަލެއް އެކަށީގެންވާ ފެންވަރަށް ތަރައްގީކުރަން ވަނީ ނިންމާފަ އެވެ.

ނޫސްވެރިންނާ ވާހަކަދައްކަވަމުން ހެލްތް މިނިސްޓަރު އަބުދުﷲ އަމީން މިއަދު ވިދާޅުވީ ދެ ފިޔަވައްސަކަށް ބަހާލައިގެން ހޮސްޕިޓަލްތައް ތަރައްގީކުރުމުގެ މަސައްކަތް ފަށާގަނެފައިވާ ކަމަށެވެ. އެގޮތުން ފުރަތަމަ ތަރައްގީކުރަނީ ފަސް ހޮސްޕިޓަލެކެވެ.

އެއީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި ރ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލާއި ލ ގަމު ރީޖަނަލް ހޮސްޕިޓަލާއި ގދ ތިނަދޫގައި ހުންނަ ޑރ އަބުދުއްސަމަދު ރީޖަނަލް ހޮސްޕޮޓަލާއި ހިތަދޫ ރީޖަނަލް ހޮސްޕިޓަލެވެ.

"ފަސް ހޮސްޕިޓަލް ތަރައްގީކުރަން ބޭނުންވާ ފައިސާ ސަރުކާރުގެ ތެރެއިން ވަނީ ހަމަޖެހިފަ. ކުރިއަށް އޮތް ދެ މަހެއްގެ ތެރޭގައި މީގެ ނަތީޖާ ފެންނަވަރުގެ މަސައްކަތްތައް ތަންފީޒުވެގެން ދިޔުން. އެ އަމާޒަށް އަޅުގަނޑުމެން މަސައްކަތް މިކުނީ." ހެލްތް މިނިސްޓަރު އަމީން ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މި ފަސް ހޮސްޕިޓަލަށް ބޭނުންވާ ހުރިހާ ކަމެއް ފުރިހަމަ ކުރާނެ ކަމަށާއި އެކަމަށް ބޭނުންވާ ފައިސާ ސަރުކާރުން ހަމަޖައްސައިދީފައިވާ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355