twitterviber whatsapp telegramfacebookyoutube instagram
26th April 2024

މަގުމަތީގެ ރައްކާތެރިކަން: މެސެޖަކާއެކު ހުދު ފިނިފެން މަލެއް!

އަބްދުލް ވާހިދު ޙަސަން
Jun 16, 2019
2

ބައިނަލް އަގުވާމީ މަގުމަތީގެ ރައްކާތެރިކަމުގެ ހަފުތާ ފާހަގަކުރުމުގެ ގޮތުން ކުޅުދުއްފުށީގައި ހާއްސަ ހަރަކާތެއް ކުރިއަށްގެންގޮސްފި އެވެ.

ހދ އެޓޯލް ހެލްތް ސަވިސަސް އިން އިންތިޒާމުކޮށްގެން މިއަދު މެންދުރު ކުޅުދުއްފުށީ ކައުންސިލް އިދާރާ ކުރިމަތީގައި ކުރިއަށްގެންދިޔަ މި ހަރަކާތުގައި ވަނީ މަގުން ދުއްވާފައި ދިޔަ ބައެއް ފަރާތްތަކުން މަޑުކޮށް، މެސެޖެއްދީ ހުދު ފިނިފެން މަލެއް ހަދިޔާކޮށްފަ އެވެ.

މިހަރަކާތުގައި އުޅުއްވީ ކުޅުދުއްފުށީ ހދ އެޓޯލް ހެލްތް ސާވިސަސްގެ އިސްވެރިންނާއި މުވައްސަސާތަކުގެ ވެރިންނެވެ. އުޅަނދުތަކުގައި އުޅޭ ފަރާތްތަކަށް މަޑުކޮށް އެފަރާތްތަކަށް ވަނީ ހާއްސަ މެސެޖެއް ދީފަ އެވެ. މެސެޖްގައި ބުނަނީ މަގުތައް ރައްކާތެރިގޮތުގައި ބޭނުންކުރުމުގެ މުހިންމުކަމުގެ މައްޗަށެވެ.

މީޑިއާއަށް މައުލޫމާތު ދެއްވަމުން ހދ އެޓޯލް ހެލްތް އޮފިޝަލް، މުހައްމަދު އަބުދުއް ރަހުމާނު ވިދާޅުވީ މި ހަރަކާތްތަކީ ބައިނަލް އަގުވާމީ މަގުމަތީގެ ރައްކާތެރިކަމުގެ ހަފުތާ ފާހަގަކުރުމުގެ ގޮތުން ކުރިއަށްގެންދިޔަ ހަރަކާތެއް ކަމަށާއި މި ހަރަކާތުގެ ތެރެއިން ވެހިކަލް ދުއްވާ ފަރާތައް މަޑުކޮށް ރައްކާތެރިގޮތުގައި މަގުތައް ބޭނުން ހިފުމަށް ނަސޭހަތްދީފައިވާ ކަމަށެވެ.

މަގުމަތީގެ ރައްކާތެރިކަމުގެ ހަފުތާގެ މިއަހަރުގެ ޝިއާރަކީ "ފުރާނަ ރައްކާތެރިކުރާށޭ، މިކަމަށް އަޑުއުފުލާށޭ" އެވެ. އޭނާ ވިދާޅުވީ މަގުތައް އަމާންތަކަށް ހެދުމަށް ހުރިހާ ފަރާތްތަކުން ޒިންމާއަދާކުރުމަށެވެ. އެގޮތުން ބާރަށް ވެހިކަލު ދުއްވާ ފަރާތެއް ފެނިއްޖެނަމަ އެފަރާތެއް ރީތިގޮތުގައި މަޑުކޮށްލުވައި ބާރަށް ނުދުއްވުމަށް ނަސޭހަތްތެރިވުމަށެވެ.

ބާރަށް ވެހިކަލު ދުއްވުމުގެ ސަބަބުން ކުޅުދުއްފުށީގައިވެސް ގިނަ އެކްސިޑެންޓްތަކެއް ހިނގައި ބޮޑެތި އަނިޔާތަކެއް މީހުންނަށް ވަނީ ލިބިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355