twitterviber whatsapp telegramfacebookyoutube instagram
29th March 2024

ރަސްމީކޮށް ތެލަސީމިއާ ދުވަސް ފާހަގަކުރުން ކުޅުދުއްފުށީގައި، ގިނަ ހަރަކާތްތަކެއް!

ޚަދީޖާ އާދަމް
Jun 19, 2019

މި އަހަރުގެ އިންޓަނޭޝަނަލް ތެލަސީމިއާ ދުވަސް ރަސްމީކޮށް ކުޅުދުއްފުށީފައި ފާހަގަ ކުރުމަށް ނިންމައިފި އެވެ.

ތެލަސީމިއާ ދުވަސް ފާހަގަ ކުރުމަށް މި މަހު 20 ން 23 އަށް އެކި ހަރާކާތްތައް ކުޅުދުއްފުށީގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު މި ހަރަކާތްތަކުގައި މޯލްޑިވްސްގެ ބްލަޑް ސާރވިސްގެ ބޭފުޅުން ބައިވެރިވަޑައިގަންނަވާނެ އެވެ.

އެ ސާރސްވިސް ގެ ޑިރެކްޓާރ ނިޔާޒް އަހުމަދު، އެސޯސިއޭޓް ސްޕެސަލިސްޓް ޕީޑިއަޓްރިކް ޑރ އަހުމަދު އުމަރު، ކްލިނިކް ނާރސް ގުލިސްތާން އީސާ، ސީނިއާރ ރެޖިސްޓާރޓެޑް ނާރސް ހަދީޖާ، ސީނިއާ ލެބޯޓަރީ ޓެކްނޮލޮޖިސްޓް ސިހާމާ ނަސީމް، އެސިސްޓެންޓް ކައުންސިލާ ޝަޒްލީން، ލެބޯޓަރީ ޓެކްނޮލޮޖިސްޓް ހައްވާ ނަސީރު، ކްލިނިކް އެސިސްޓެންޓް އަލްމާސް ހަލީލް ގެ އިތުރުން އަހުމަދު ޒާހިރު ބައިވެރިވެ ވަޑައިގަންނަވާނެ އެވެ.

ހަރަކާތްތައް މާދަމާ ހެނދުނު 10 ޖަހާއިރު ފެށުމަށް ހަމެޖެހިފައިވާއިރު ސްކޫލް ކުރިންނަށާއި ބެލެނިވެރިންނަށް ތެލަސީމިއާ ސްކްރީންގެ ހަރަކާތްތަކާއި، އެވެއާނަސް ޕްރޮގްރާމްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.

މީގެ އިތުރުން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގެ މުވައްޒަފުންނަށާއި، އެމްއެންޔޫ ކުޅުދުއްފުށީ ކެމްޕަހުގެ ދަރިވަރުންނަށްވެސް އެކި ޕްރޮގްރާމުތައް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ.

އަދި 22 ޖޫން ވާ ހޮނިހިރު ދުވަހު ހަވީރު 4:00 ން 6:00 އަށް ބައިސްކަލް ރެލީވެސް ކުރިއަށް ދާނެއެވެ. މި ޕްރޮގްރާމުގެ ފަހު ދުވަހު ހަރަކާތްތައް ކުރިއަށް ގެންދާނީ ހަނިމާދޫގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355