twitterviber whatsapp telegramfacebookyoutube instagram
10th July 2025

ދުންފަތާ ދުރުވުމަށް އެހީތެރިވެދިނުމަށް އަތޮޅުތެރޭގައި ހުޅުވި ފުރަތަމަ ކްލިނިކު ފުނަދޫގައި ހުޅުވައިފި

އަބްދުލް ވާހިދު ޙަސަން
Jun 21, 2019

ދުންފަތާ ދުރުވުމަށް އެހީތެރިވެދިނުމަށް އަތޮޅުތެރޭގައި ހުޅުވި ފުރަތަމަ ކްލިނިކު، ށ.ފުނަދޫގައި ހުޅުވައިފި އެވެ. މި ޓޮބޭކޯ ސެޒޭޝަން ހުޅުވަދެއްވީ ހެލްތު މިނިސްޓަރު އަބުދުﷲ އަމީނެވެ.

ށ.އަތޮޅު ރަށްތަކުގެ ސިއްޙީ ހާލަތު ބައްލަވާލެއްވުމަށް ހެލްތު މިނިސްޓަރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ވަނީ ފުނަދޫ ހޮސްޕިޓަލުން ފަށާ "ކެވެނި ކެމްޕެއިން"ވެސް އިފްތިތާހު ކޮށްދެއްވާފަ އެވެ.

މި ދަތުރުފުޅުގައި މިނިސްޓަރ ވަނީ އެރަށުގެ ހޮސްޕިޓަލް ބައްލަވާލައްވާ، މިހާރު ހޮސްޕިޓަލުން ހިދުމަތް ހޯދަމުންދާ ބަލި މީހުންނާވެސް ބައްދަލުކުރައްވާފަ އެވެ. އަދި ހޮސްޕިޓަލަށް ދިމާވެފައިވާ ދަތިތައް އޮޅުންފިލުއްވުމަށް ހޮސްޕިޓަލުގެ މުވައްޒަފުންނާއި އިސް ފަރާތްތަކާވެސް ބައްދަލުކުރައްވާފަ އެވެ.

ފުނަދުއަށް ކުރެއްވި މި ދަތުރުފުޅުގައި މިނިސްޓަރ އަމީން ވަނީ އެ އަތޮޅުގެ އަތޮޅު ކައުންސިލާއި، ފުނަދޫގެ ރަށު ކައުންސިލާއިވެސް ބައްދަލުކުރައްވައި އެއަތޮޅުގެ ސިއްޙީ މަރުކަޒުތަކުގެ އިސްވެރިންނާއި ބައްދަލުކުރައްވާ ރަށްރަށަށް ދިމާވެފައިވާ ގޮންޖެހުންތަކާއި އިތުރަށް ބޭނުންވާ ކަންކަމުގެ މައުލޫމާތު އޮޅުންފިލުއްވާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355