twitterviber whatsapp telegramfacebookyoutube instagram
16th April 2024

20 ބައިވެރިންނާއެކު ދަނޑުވެރިކަމުގެ ޕުރޮގުރާމެއް ހަނިމާދޫގައި ފަށައިފި

Jun 24, 2019
1

މިނިސްޓްރީ އޮފް ފިޝަރީޒް މެރިންރިސޯސަސް އެންޑް އެގްރިކަލްޗަރގެ 4 ވަނަ އިންޓަރޝިޕާއިއެކު ދަނޑުވެރިކަމާއިގުޅޭ ތަމްރީނު ޕުރޮގުރާމެއް ހަނިމާދޫގައި ފަށައިގެން ކުރިއަށް އެބަދެ އެވެ. މި ޕްރޮގުރާމް ފައްޓަވައި ދެއްވީ ހަނިމާދޫ އެގްރިކަލްޗަރގައި މިކަމަށް މިދިޔަ ހޮނިހިރުދުވަހު ބޭއްވުނު ހަފްލާގައި ޝަރަފުވެރިމެޙްމާން މިނިސްޓްރީ އޮފް ފިޝަރީޒް މެރިންރިސޯސަސް އެންޑް އެގްރިކަލްޗަރގެ ސްޓޭޓް މިނިސްޓަރ މުހަންމަދު އަހުމަދެވެ.

އެގްރިކަލްޗަރާއި ހަނިމާދޫ ޒުވާނުންގެ ޖަމްއިއްޔާއިން ގުޅިގެން ހަނިމާދޫގައި ދަނޑުވެރިކަން ކުރާ ފަރާތްތަކާއި ދަނޑުވެރިކަން ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން މި ފެށުނު ޕްރޮގުރާމް 14 ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެ އެވެ. އިންޓަރޝިޕް ޕްރޮގުރާމް 6 މަސްދުވަހަށް ކުރިއަށް ދާނެކަމަށް އެފަރާތުން ހާމަކުރެ އެވެ.

ޝަރަފުވެރި މެޙްމާނު ވާހަކައިގައި ރައީސް އިބްރާހިމް މުހަންމަދު ސޯލިހްގެ ދަނޑުވެރިކަމުގެ ވައުދަށްވަނީ އަލި އަޅުވާލާފައެވެ.

މި ޕްރޮގްރާމްގައި ދަނޑުބިންތަކުގައި ތަފާތުވައްތަރުގެ މޭވާއާއި ތަރުކާރީ އަދި ފަތްތަރުކާރީގެ ބާވަތްތައް ހެއްދިދާނެ ގޮތްތައް ދަސްކޮށްދިނުމާއި، ދަނޑުބިން ތައްޔާރު ކުރާނެ ގޮތާއި މިހާރު ދަނޑުވެރިންނަށް ދިމާވާ މައްސަލަތައް ހައްލުކުރުމަށާއި ޚާއްސަކޮށް ފަނިފަކުސާ އައި ދިރޭސޫޕާ ސޫފީގެ ސަބަބުން ދިމާވާ މައްސަލަތަކާއި ގަސްތަކަށް ޖެހޭ އެކި ބަލިތައް ކޮންޓްރޯލް ކުރާނެ ގޮތްތަށް ކަޔައިދޭނެ އެވެ.

މީގެ އިތުރުން ދަނޑުވެރިކަން ކުރުމުގައި ބިމުގެ ބޭނުން އެންމެފުރިހަމައަށް ހިފުމަށްޓަކައި ވިސްނަންޖެހޭ ކަންތައްތަކާއި އަދި މުޑުވަށްގަސް ގިނަކުރާނެގޮތާއި، ތަފާތު ގޮތްތަކާއި ބެހޭ މައުލޫމާތު ފޯރުކޮށްދީ، އަމަލީ ގޮތުން އެމަސައްކަތްތައް ކުރިއަށްގެންދާނެ ގޮތްތައް ތަޖުރިބާކުރެވިގެންދާނެ އެވެ.

އަދި ބޭނުންކުރާނެ ރަނގަޅު ބޭސްތައް ބޭނުން ކުރާނެ ރައްކާތެރި ގޮތްތައް މިޕްރޮގްރާމްގައި ކިޔަވައިދެއްވާނެކަމަށް ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގެ ފަރާތުން ވާހާކަދައްކަމުން މުހަންމަދު އަބްދުލް ކަރީމު ވިދާޅުވި އެވެ. ހަނިމާދޫއަށް މިޕްރޮގުރާމް ގެނައުމަށްޓަކައި ހަނިމާދޫ ކައުންސިލުން ކުރެއްވި މަސައްކަތް ފާހަގަ ކޮށް އެފަރާތަށްވަނީ ޝުކުރު އަދާކޮށްފައެވެ. ކަންތައް ދިމާވިގޮތުން އެންމެ ފަހުވަގުތު ޕްރޮގުރާމު ކުރިއަށް ގެންދަނީ ހަނިމާދޫ ޒުވާނުންގެ ޖަމްޢިއްޔާއާއި ގުޅިގެންނެވެ. މިގޮތުން ޖަމިއްޔާއިންވަނީ އިސްލާމިކް މިނިސްޓްރީ އާއި ގުޅިގެން ރޯދަމަހު ދަރުސް ޕްރޮގުރާމުވެސް ކުރިއަށް ގެންގޮސްފަ އެވެ.

ހަނިމާދޫ ޒުވާނުންގެ ޖަމްއިއްޔާއިން މިއަހަރު އޭޕްރީލް މަހުގައިވެސް ވަނީ މި ސެންޓަރާއި ގުޅިގެން ޕްރޮގުރާމެއްކުރިއަށް ގެންގޮސްފައެވެ. މި ޖޫން މަހުގެ 16 އިން ފެށިގެން ކޮންމެދުވަހަކު ހަވީރު 16:15 ގައި ޕްރެކްޓިކަލް އަދި ރޭނގަޑު 20:30 ން ފެށިގެން ތިއަރީ ކުލާސް 20 ބައިވެރިންނާއި ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައި ކުރިއަށް ގެންދާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355