twitterviber whatsapp telegramfacebookyoutube instagram
14th November 2019

ކޮޕާ އެމެރިކާގެ ކުއާޓަރ ފައިނަލުގައި ކުޅޭޓީމުތައް ކަށަވަރުވެއްޖެ

Jun 25, 2019

ދެކުނު އެމެރިކާ ބައްރުގެ ފުޓުބޯޅަ މުބާރާތް ކޮޕާ އެމެރިކާގެ ކުއާޓަރ ފައިނަލުގައި ވާދަކުރާނެ ޓީމުތައް ކަށަވަރު ވެއްޖެއެވެ.

ރޭ ފަތިހު ކުޅުނު ގްރޫޕް ސްޓޭޖްގެ ފަހު މެޗުތަކުގެ ތެރެއިން ޕެރަގުއޭ އިން ވަނީ ޗިލީގެ މައްޗަށް 1 - 0 ގެ ނަތީޖާއެއް ހޯދާ ކުއާޓާއިން ޖާގަ ހޯދާފައެވެ. މެޗުގެ ހަމައެކަނި ލަނޑު ޖަހާފައިވަނީ އެޓީމުގެ ފޯވާޑް އެޑިސަން ކަވާނީ އެވެ. މެޗުގެ ކުރިންވެސް ޗިލީ އިން އޮތީ ކުއާޓާ ކަށަވަރު ކޮށްފައެވެ.

ގްރޫޕް އޭ ބްރެޒިލް އާއި ވެނަޒިއުލާ ކުއާޓާއަށް ދިޔައިރު، ގްރޫޕް ބީ އިން ކޮލަމްބިއާ އަދި އާޖެންޓީނާ ވަނީ އަނެއް ބުރަށް ކޮލިފައި ވެފައެވެ.

ކުއާޓާގެ ފުރަތަމަ މެޗުގައި ހުކުރު ދުވަހުގެ ފަތިހު ބައްދަލު ކުރާނީ ބްރެޒިލް އާއި ޕެރަގުއޭ އެވެ. ހޮނިހިރު ވިލޭރޭ މެންދަމު އާޖެންޓީނާ އާއި ވެނަޒިއުލާ ބައްދަލު ކުރާއިރު އެދުވަހު ފަތިހު އެންމެ ފަހުގެ ޗެމްޕިއަން ޗިލީ އާއި ކޮލަމްބިއާ ބައްދަލު ކުރާނެ އެވެ. ފަހު މެޗުގައި ދަންވަރު ބައްދަލު ކުރާނީ ޕެރޫ އާއި އުރުގުއޭ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355