twitterviber whatsapp telegramfacebookyoutube instagram
8th September 2025

ގައުމު ކަސްތޮޅުތަކުން ސަލާމަތް ކުރުމުގައި އެމްޑީޕީގެ ދައުރު ބޮޑު: އެމްޕީ ޔާސިރު

އިބްރާހިމް ހަމީދު
Jun 26, 2019
7

ޤައުމުގައި އެޅުވިފައި ހުރި ކަސްތޮޅުތަކުން ގައުމު ސަލާމަތް ކުރުމުގައި އެމްޑީޕީގެ ދައުރު ވަރަށް ބޮޑުކަމަށް ކުޅުދުއްފުށި އުތުރު ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެމްބަރު ޔާސިރު އަބްދުއްލަތީފް ވިދާޅުވެއްޖެ އެވެ.

އެމްޕީ ޔާސިރު މިހެން ވިދާޅުވީ އެމްޑީޕީ ސާދަ ވަނަ އަހަރީ ދުވަހާ ގުޅިގެން އެޕާޓީގެ ލީޑަރޝިޕާއި އެންމެހާ މެމްބަރުންނަށް ތަހުނިޔާ ދަންނަވާ ފޭސްބުކުގައި ކޮށްފައިވާ ޕޯސްޓެއްގައެވެ.

އެޕޯސްޓްގައި އެމްޕީ ޔާސިރު ވިދާޅުވީ މިއަދު އެމްޑީޕީ އުފެދިގެން ސާދަ ވަނަ އަހަރީ ދުވަސް ފާހަގަ ކުރަމުންދާއިރު ޤައުމުގައި އެޅުވިފައިވާ ކަސްތޮޅުތައް ނެއްޓުމުގެ ބުރަ މަސައްކަތްތައް ކުރުމުގެ މޭސްތެރިންގެ ގޮތުގައި ތިއްބެވި ރައީސް މުޙައްމަދު ނަޝީދު އާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހުގެ އިތުރުން މުޅި އެމްޑީޕީ ފައުޖު އެކުރައްވަމުންދާ މަސައްކަތް ފާހަގަ ކުރެއްވި އެވެ.

އެމްޑީޕީގެ އަހަރީ ދުވަހާ ގުޅުވައިގެން ޔާސިރު ފޭސްބުކްގައި ކުރެއްވި ޕޯސްޓް.

އެމްޑީޕީގެ ފައުޖުން ރާއްޖެއަށް ތަރައްޤީ އާއި އިންސާފާއި ހައްގު މިންވަރު ހޯއްދަވައިދެއްވުމަށް ކުރައްވަމުންދާ އެމަސައްކަތްތަކަށް ކުޅުދުއްފުށީ އެންމެހާ ލޮބުވެތި ރައްޔިތުންގެ ނަމުގައި ދުވަހުގެ (އެމްޑީޕީގެ އަހަރީ ދުވަހުގެ) ހެޔޮއެދުމާއި ތަހުނިޔާ އާއި ޝުކުރު ދަންނަވާކަމަށް އެޕޯސްޓްގައި އެމްޕީ ޔާސިރު ވަނީ ލިޔުއްވާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355